N/A
ބަންގްލަދޭޝްގައި އުފައްދާ ވެކްސިން އެގައުމުން ބޭރުކުރުމަށް
މަސައްކަތްކުރަމުން އަންނަތާ މިހާރު ދަހަރެއް ވަނީއެވެ.
2016 ވަނަ އަހަރުން ފެށިގެން އެގައުމުން
އަންނަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔު.އެޗް.އޯގެ މެޗުއަރިޓީ ލެވެލް – 3
(އެމް.އެލް 3) ސެޓްފިކެޓް ހޯދުމަށް މަސައްކަތްކުރަމުންނެވެ. ބޭހުގެ މާކެޓް ރެގިއުލޭޓްކުރާ
ގައުމުތަކަށް ބޭސް އެތެރެކުރާއިރު، އެބޭހަކީ ޑަބްލިޔު.އެޗް.އޯގެ މިންގަނޑަށް ފެތޭ ގައުމެއްތޯ
ކަށަވަރުކުރެއެވެ. އެހެންކަމުން މި ސެޓްފިކެޓް ނެތި، ބަންގްލަދޭޝްއަށް ބޭސް ބޭރުކުރުން
ވެފައިވަނީ އުނދަގޫ ކަމަކަށެވެ.
ބަންގްލަދޭޝްގެ ތަޖުރިބާކާރުން އަންދާޒާކުރާ ގޮތުގައި
ސެޓްފިކެޓް ލިބުމުން ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި މަދުވެގެން 50 މިލިއަން ޑޮލަރުގެ
ބޭސް ބަންގްލަދޭޝްއިން އެކްސްޕޯޓްކުރެވޭނެއެވެ.
ޑަބްލިޔު.އެޗް.އޯގެ ސެޓްފިކެޓް ހޯދުމަށް ބަންގްލަދޭޝްއިން
2016 އިން ފެށިގެން ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް، އަދިވެސް އެ ޖަމްއިއްޔާއިން
ބޭނުންވާ ހުރިހާ ކަމެއް ފުރިހަމައެއް ނުކުރެވެއެވެ. ފާމާ އިންޑަސްޓްރީއިން ދެކޭ ގޮތުގައި
ބަންގްލަދޭޝްގެ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން މިވަގުތުން ވަގުތަށް ކުރަންވީ
ކަމަކީ އެ ސެޓްފިކެޓް ހޯދުމެވެ. ސެޓްފިކެޓް ހޯދުމަށް ރަނގަޅުކުރަންވީ ކަންކަންވެސް
ޑަބްލިޔު.އެޗް.އޯ އިން ބަންގްލަދޭޝްގެ ސަރުކާރާއި ވަނީ ހިއްސާކޮށްފައެވެ.
ބަންގްލަދޭޝްގައި ވެކްސިން އުފައްދަން ފެށީ 2011 ވަނަ
އަހަރެވެ. އެގައުމުގެ 3 ކުންފުންޏަކުން 15 ވަރަކަށް ބާވަތުގެ ވެކްސިން އުފައްދާއިރު،
އިންސެޕްޓާ ކުންފުނިން ވަރަށް ކުޑަ މިންވަރެއްގެ ވެކްސިން އެފްރިކާގެ ބައެއް ގައުމުތަކަށް
އެކްސްޕޯޓްކުރެއެވެ. އެހެންނަމަވެސް ސެޓްފިކެޓް ނެތުމުގެ ސަބަބުން ބޮޑު މާކެޓަށް ނިކުތުމަށް
ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ.
މިއަހަރުގެ މިހާތަނަށް އައި އިރު، މުޅި ދުނިޔޭގައިވެސް
ޑަބްލިޔު.އެޗް.އޯ އެމް.އެލް-3 ސެޓެފިކެޓް ހޯދާފައިވަނީ އެންމެ 70 ޤައުމުންނެވެ. މި
ސެޓްފިކެޓަކީ އެގައުމުގެ ބޭހާއި ބެހޭ އިދާރާގެ ކޮލިޓީއާއި އެއިދާރާއެއްގެ މޮނީޓަރިން
ކެޕޭސިޓީ ދައްކުވައިދޭ، އިތުބާރުގެ ހެއްކެއްވެސްމެއެވެ.
ބަންގްލަދޭޝްގައި އުފައްދާ ވެކްސިން އެހެން ގައުމުތަކަށް
ބޭރުކޮށް، އެސިނާޢަތުން ދައުރުވާ އެތައް ބިލިއަން ޑޮލަރެއްގެ ތެރެއިން ކުޑަ މިންވަރެއްނަމަވެސް
ހޯދަން އެގައުމުގެ ބޭސް އުފައްދާ ކުންފުނިތަކުން ތިބީ ބޭނުންވެފައެވެ. ނެތީ ސެޓްފިކެޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް