ފައިސަލާ ބޯޓު ފަރަށް އުރި މީހަކު ގެއްލުން - ފަރުމަތިން މީހާ ފެނުނު އިރު ފުރާނަ ނެތް

މާލެ އަތޮޅު ކާށިދޫ "ފައިސަލާ ބޯޓު" ފަރަށް އަރައި،  ގެއްލިގެން ހޯދަމުން ދިޔަ މީހާ  މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ރޭ ހިނގި މި ހާދިސާގައި މަރުވެފައިވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަަހަރުގެ...

12 Nov 2025 | 04:15
އަލަމްގީރް ފެނުނީ ފަރުމަތިން -

އަލަމްގީރް ފެނުނީ ފަރުމަތިން -

މާލެ އަތޮޅު ކާށިދޫ "ފައިސަލާ ބޯޓު" ފަރަށް އަރައި،  ގެއްލިގެން ހޯދަމުން ދިޔަ މީހާ  މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ރޭ ހިނގި މި ހާދިސާގައި މަރުވެފައިވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަަހަރުގެ އެމްޑީ އަލަމްގީރްއެވެ.

އޭނާގެ ހަށިގަނޑު ފެނިފައިވަނީ ފަރުމަތީގައި އޮއްވައެވެ. އަދި އޭނާ އެރަށު ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިކަމަށް ފުލުުހުން ވަނީ ހާމަކޮށްފައެވެ.

ކާށިދޫ އަދި މާލެ އާއި ދެމެދު މުދާ އުފުލާ ބޯޓު "ފައިސަލާ ބޯޓު" ފަރަށް އެރީ ރޭ 7:50 ހާއިރެވެ.

ބޯޓު ފަރަށް އެރިއިރު އޭގައި 11 މީހުން ތިއްބެއެވެ. އޭގެތެރޭގައި ފަސް ދިވެހިންނާއި ހަ ބިދޭސީން ހިމެނެއެވެ.

ބޯޓު ފަރަށް އެރުމާއި ގުޅިގެން އެ ބޯޓުގައި ހުރި ބައެއް މުދާތައް އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް