ގާޒާ ބިމާ ހަމަ ކުރަން ގޮވާ، ޓްރަމްޕްގެ އަރިސް ސެނަޓަރު ގްރެހަމް ކުއްލިއަކަށް މަރުވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާތް ބައިވެރިއެއް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ލިންޑްސޭ ގްރެހަމް 71 އަހަރުގައި ކުއްލިއަކަށް މަރުވެއްޖެ އެވެ. ގްރެހަމް މަރުވީ ކުއްލި ސިއްހީ ހާލަތެއް މެދުވ...

12 Jul 2026 | 16:59
ލިންޑްސޭ ގްރެހަމް --

ލިންޑްސޭ ގްރެހަމް --

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާތް ބައިވެރިއެއް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ލިންޑްސޭ ގްރެހަމް 71 އަހަރުގައި ކުއްލިއަކަށް މަރުވެއްޖެ އެވެ.

ގްރެހަމް މަރުވީ ކުއްލި ސިއްހީ ހާލަތެއް މެދުވެރިވުމަށް ފަހު ރޭގެ ވަގުތެއްގައި ކަމަށް އޭނާގެ އޮފީހުން ބުނެފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުން އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބުނެ ކުރި ރިޕޯޓަކާ ގުޅިގެން އިމަޖެންސީ ހިދުމަތްތަކުން ގޮސް ފަރުވާ ދެމުން ދަނިކޮށް، ވޮޝިންޓަންގައި ހުންނަ އޭނާގެ ގޭގަ އެވެ. ގްރަހަމް މަރުވީ މިދިޔަ ހަފްތާގައި ތުރުކީގައި އޮތް ނޭޓޯގެ ސަމިޓުގެ އިތުރުން ޔުކްރެއިންނާއި އެހެން ބައެއް ގައުމުތަކަށް ވެސް ދަތުރުތަކެއް ކޮށްފައި އައިތަނާ އެވެ.

ގްރަހަމް އަކީ ގާޒާގައި އިސްރާއީލުން ހިންގީ ލާއިންސާނީ އަމަލުތަކަށް ފާޅުގައި ތާއީދުކޮށް ވާހަކަދައްކާ ޓްރަމްޕުގެ ވަރަށް އަރިސް މީހެކެވެ. ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ "މިއީ ދީނީ ހަނގުރާމައެއް" ކަމަށާއި، އިޒްރޭލުން އަމިއްލަ ދިފާއުގައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރަންވީ ކަމަށާއި، ޣައްޒާ އެއްކޮށް "ބިމާ ހަމަކޮށްލަންޖެހޭ" ކަމަށް ބުނެފަ އެވެ.

ގްރަހަމްގެ މި ހަރުކަށި ބަސްމަގުގެ ސަބަބުން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.

2003 ވަނަ އަހަރު އެމެރިކާއިން ޢިރާޤަށް އަރައިގަތުމަށްވެސް ގްރެހަމް ވަރަށް ބޮޑަށް ތާއީދުކުރި އިރު އީރާނާ ދެކޮޅަށް ސަރުކާރީ ފައުޖުގެ ފިޔަވަޅު އެޅުމަށް ވެސް ދިގު މުއްދަތެއް ވަންދެން ބާރު އަޅަމުން ގެންދިޔަ އެވެ.

ގްރެހަމް 2002 ވަނަ އަހަރު އެމެރިކާގެ ސެނެޓަށް އިންތިޚާބުވެވަޑައިގެންފައިވާއިރު 2008 2014 އަދި 2020 ވަނަ އަހަރު ވެސް އަލުން އިންތިޚާބުވެފައި އެވެ. 1994 ވަނަ އަހަރު އޭނާ ވަނީ ސައުތު ކެރޮލައިނާގެ ތިންވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓް ތަމްސީލު ކުރަމުން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ޚިދުމަތްކުރައްވާފައެވެ.

ސިޔާސީ ދާއިރާއާއި ގުޅުމުގެ ކުރިން ގްރެހަމް ވަނީ ހަ އަހަރަށްވުރެ ގިނަ ދުވަހު އެއާ ފޯސްގެ ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް