މިއަދުގެ އެކްސިޑެންޓްގައި ނިޔާވި މީހާގެ ތަފުސީލު ފުލުހުން ހިއްސާކޮށްފި

ދަރުބާރުގޭ ކައިރީގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި ނިޔާވި ފިރިހެންމީހާގެ ތަފުސީލު ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން ބުނީ، ނިޔާވެފައިވަނީ ހ. ގޯތި ނަންބަރު 20054 (ގްރީންޕީކް) މާލެ، އިބްރާހީމް ...

12 Jul 2026 | 14:10
N/A

N/A

ދަރުބާރުގޭ ކައިރީގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި ނިޔާވި ފިރިހެންމީހާގެ ތަފުސީލު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ، ނިޔާވެފައިވަނީ ހ. ގޯތި ނަންބަރު 20054 (ގްރީންޕީކް) މާލެ، އިބްރާހީމް ނާޞިޙު (39އ) ކަމަށެވެ. އޭނާ ނިޔާވެފައިވަނީ މާލޭ ބޮޑުތަކުރުފާނު މަގުގައި، ދަރުބާރުގެ ކައިރީގައި ސައިކަލަކާއި ޓްރެއިލަރ ލޮރީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި، މިހާތަނަށް ބެލިބެލުމުން، އޭނާ ނިޔާވެފައިވަނީ ޓްރެއިލަރ ލޮރީގެ ދަށުވެގެންނެވެ. އަދި އުޅަނދުގެ ދަށުވާން މެދުވެރިވީ، އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ނޫންކަން ފުލުހުން ފާހަގަކުރެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް