ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި ގދ. ވާދޫ ވަލުން ހޯދައި މީހަކު ހައްޔަރު

ގދ. ވާދޫގައި ވައްކަން އިތުރުވުމާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ތަކެތި ވާދޫގެ ވަލުތެރެއިން ހޯދައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވ...

12 Jun 2026 | 08:43
N/A

N/A

ގދ. ވާދޫގައި ވައްކަން އިތުރުވުމާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ތަކެތި ވާދޫގެ ވަލުތެރެއިން ހޯދައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ވާދޫ ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި ރަށުގެ އެކި ސަރަހައްދުތަކާއި ވަލުތެރެ އަދި ފަޅުގެތައް ބަލައި ފާސްކޮށްފައިވެއެވެ. އެ ގޮތުން ވަލުތެރޭގައި ފޮރުވާފައި ހުރި ތަކެތީގެ ތެރޭގައި 600 ވޮޓުގެ ފްލަޑް ލައިޓާއި ކަރަންޓު ކޭބަލާއި ސާކިޓް ބްރޭކަރާއި ބޮއްކާއި ސޮކެޓާއި އިލެކްޓްރިކް ސާމާނު ހިމެނެއެވެ. އޭގެ އިތުރުން ޕްލަމިން ސާމާނާއި މޭސަން މަސައްކަތަށް ބޭނުންކުރާ ޓޫލްސް އާއި ސްކްރޫ ފޮއްޓާއި ޓޭޕާ ފަދަ ތަކެތި ވެސް ހޯދާފައިވެއެވެ. ބައެއް ތަކެތި ދަބަސް ތެރެއަށް ލައި ވަލުތެރޭ ގަސްތަކު ދޭތެރޭ ފޮރުވާފައި ހުރި ކަން ފޮޓޯތަކުން ފެނެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި ފިރިހެންމީހާ 60 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަތައް ވާދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް