ގދ. އަތޮޅު ސްކޫލް -
ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ މުދައްރިސަކަށް އެ ސްކޫލުގެ ދަރިވަރަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 11:46 ހާއިރު ކަމަށެވެ. އަނިޔާލިބުނީ އެ ސްކޫލުގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށް ކަމަށް ފުލުހުން ބުނެއެވެ.
އެ މުދައްރިސަށް ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް މިހާރު ވަނީ ބަދަލުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް