N/A
މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަބްދުލް މަތީން މުޙައްމަދު އިސްތިއުފާ ދެއްވައިފިއެވެ.
މަތީން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައިވަނީ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި މަތީން ވިދާޅުވެފައިވަނީ "ވަގުތުން ވަގުތަށް" އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
މަތީން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ 28 ނޮވެމްބަރު 2023 ގައެވެ. އެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން މަތީން ވަނީ އެންސްފިއާ އިންވެސްޓްމެންޓްސްގެ ސީއީއޯ ކަމާއި އެންވަޔަރަންމެންޓް ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް