މާރިޗް މަހު ވޭޕާއި އީ ސިނގިރޭޓާއި ގުޅޭ ޖޫރިމަނާ ހަތަރު ލައްކައަށްވުރެ މަތީގައި

މި އަހަރުގެ މާރިޗް މަހު ވޭޕާއި އީ-ސިނގިރޭޓާ ގުޅޭ 20 މައްސަލައެއް ރެކޯޑުކުރެވި، 82 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މާރިޗް 1 އިން 31 އަށް ރެކޯޑުކުރެވުނު މައްސަލަތަކުގ...

12 Apr 2026 | 08:11
N/A

N/A

މި އަހަރުގެ މާރިޗް މަހު ވޭޕާއި އީ-ސިނގިރޭޓާ ގުޅޭ 20 މައްސަލައެއް ރެކޯޑުކުރެވި، 82 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މާރިޗް 1 އިން 31 އަށް ރެކޯޑުކުރެވުނު މައްސަލަތަކުގެ ތެރޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުމާއި ޤާނޫނާ ޚިލާފަށް ވިޔަފާރިކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ. މި މައްސަލަތަކުގައި ޖޫރިމަނާގެ ގޮތުގައި ޖުމްލަ 407,000 ރުފިޔާ ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް 2024 ވަނަ އަހަރު ގެނައި އިސްލާޙާއެކު، ވޭޕް އެތެރެކުރުމާއި ވިއްކުމާއި ގެންގުޅުމާއި ބޭނުންކުރުން 15 ޑިސެންބަރު 2024 އިން ފެށިގެން ވަނީ މުޅިން މަނާކޮށްފައެވެ. މި ޤާނޫނުގެ ދަށުން ވޭޕް ބޭނުންކުރާ މީހާ 5,000 ރުފިޔާއިން، އެތެރެކުރާ ފަރާތް 50,000 ރުފިޔާއިން، އަދި ވިއްކާ ފަރާތް 20,000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ. ކުޑަކުދިންނަށް ވިއްކާ ފަރާތް 50,000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް