ސީޝެލްސް އަށް ދަތުރުކުރި ކްރޫޒް ޝިޕެއްގައި ހާލުދެރަވި ބިދޭސީ ފަސިންޖަރަކަށް ކޯސްޓްގާޑުން އެހީވެދީފި

ޕެނަމާއިން ސީޝެލްސްއަށް ދަތުރުކުރަމުން ދިޔަ ފަސިންޖަރ ލައިނެއްގައި ދަތުރުކުރި މީހެއްގެ ބަލިހާލު ބޮޑުވެ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެ...

12 Apr 2026 | 07:11
N/A

N/A

ޕެނަމާއިން ސީޝެލްސްއަށް ދަތުރުކުރަމުން ދިޔަ ފަސިންޖަރ ލައިނެއްގައި ދަތުރުކުރި މީހެއްގެ ބަލިހާލު ބޮޑުވެ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ހާލުދެރަވީ އެމްއެސްސީ މެގްނިފިކާ ނަމަކަށް ކިޔާ އެ އުޅަނދުން ދަތުރުކުރި އުމުރުން 78 އަހަރުގެ ފްރާންސް ރައްޔިތެކެވެ. ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އެހީތެރިކަމަށް އެދިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ބަލި އެ މީހާއަށް އެހީވުމަށް އެމްއެންޑީއެފްއިން ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ބައެއް މަންޒަރުތައް އެމްއެންޑީއެފް އިން ހިއްސާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް