ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށު ބޭސްގޭ މުޙައްމަދު ހައްޔަރު

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 63 ރަބަރު ޕެކެޓާއެކު ލ. މާވަށުން 43 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރ...

12 Mar 2026 | 06:45
ލ. މާވަށް / ބޭސްގެ، މުޙައްމަދު އިބްރާހީމް (43އ) -

ލ. މާވަށް / ބޭސްގެ، މުޙައްމަދު އިބްރާހީމް (43އ) -

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 63 ރަބަރު ޕެކެޓާއެކު ލ. މާވަށުން 43 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ޚާއްޞަ މަސައްކަތުގެ ތެރެއިން ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށް / ބޭސްގެ، މުޙައްމަދު އިބްރާހީމް (43އ) އެވެ.

ފުލުހުން ހާމަކުރި ގޮތުގައި މާރިޗު 10 ވަނަ ދުވަހުގެ ރޭ މާވަށު ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާއާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 63 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މުޙައްމަދު އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް