މާލޭ ސަރަޙައްދުގައި 53,000 އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި

މާލެ ސަރަޙައްދުގެ ގޭބިސީތަކަށް ރޯދަ ހަދިޔާގެ ގޮތުގައި 53،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ފޯރުކޮށްދީފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައ...

12 Feb 2026 | 10:46
N/A

N/A

މާލެ ސަރަޙައްދުގެ ގޭބިސީތަކަށް ރޯދަ ހަދިޔާގެ ގޮތުގައި 53،000 އަށްވުރެ ގިނަ

މަސްދަޅު ކޭސް ފޯރުކޮށްދީފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި،

އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ގާއިމުކުރި މަރުކަޒުތަކުން މަސްދަޅު

ކޭސް ބެހުމުގެ މަސައްކަތް ރޭގެ ނިޔަލަށް ވަނީ ނިންމާލާފައެވެ. ސިޓީތަކާބެހޭ

ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް ޖުމްލަ 53،308 މަސްދަޅު

ކޭސް ވަނީ އާންމުންނަށް ދޫކޮށްފައެވެ.

މަރުކަޒުތަކުން ހަދިޔާ ބަހައި ނިމުނު ނަމަވެސް، އަދިވެސް މަސްދަޅު ކޭސް

ނުލިބޭ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ރޯދަ މަހުގެ

ފުރަތަމަ ދުވަހާ ހަމައަށް، މާލޭގައި ހުންނަ މިފްކޯގެ ފިހާރައިން ކޮންމެ

ރޭގަނޑެއްގެ 8:30 އިން 11:00 އަށް މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު އެ ވުޒާރާއިން

ވަނީ ހަމަޖައްސަވާފައެވެ.

ސަރުކާރުގެ ފަރާތުން ދޭ މި ހަދިޔާ ބެހުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ

ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މާލޭ ސަރަޙައްދުގެ 15 ތަނެއްގައި މި

މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، ކޮންމެ ގޭބިސީއަކަށް ދޫކޮށްފައިވަނީ 48

ދަޅު ހިމެނޭ މަސްދަޅު ކޭހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް