ދަރިފުޅުގެ ގައިގައި ޖެހި ބައްޕައަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް!

ދަރިފުޅުގެ ގައިގައި ޖެހި ބައްޕައަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ. މި މައްސަލައާ ގުޅިގެން 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރުނު އިރު ފުލުހުންގެ ބ...

12 Feb 2026 | 02:57
.

.

ދަރިފުޅުގެ ގައިގައި ޖެހި ބައްޕައަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރުނު އިރު ފުލުހުންގެ ބަޔާނާއި އަނިޔާ ލިބުނު ކުއްޖާގެ ބަޔާނާއި ހާދިސާގެ ރިޕޯޓް އޭގެ ތެރޭގައި ހިމެނެެެއެވެ.

އެ މީހާގެ ބަންދު އަމުރުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް ކޮންމެވެސް ވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ.

އެ މައްސަލަ ބަލަމުންދާ އިންވެސްޓިގޭޝަން އޮފިސަރުވެސް ފާހަގަކޮށްފައިވާ ގޮތުގައި އެ މީހާ ވަނީ ދަރިއެއްގެ ގައިގައި ޖަހައި އަނިޔާކޮށްފައެވެ.

އޭނާއަކީ ހައްޔަރު ބަންދުގެ ރެކޯޑް އޮންނަ މީހެއް ކަމަށް އަމުރުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް