ކޯޗު ސޮފްވާން ކުޅުންތެރިޔަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލަ ޕޮލިހަށް

ވޮލީބޯލް އެސޯސިއޭޝަންގެ ކޯޗު ސޮފްވާން އަހުމަދު، ކުޅުންތެރިއަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލަ ދިވެހި ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ. މިކަން ފުލުހުން ހާމަކޮށްފައިވަނީ މިއަދު ނޫސްވެރިއަކު ...

12 Jan 2026 | 15:14
ސޮފްވާން - ފޮޓޯ: މިހާރު

ސޮފްވާން - ފޮޓޯ: މިހާރު

ވޮލީބޯލް އެސޯސިއޭޝަންގެ ކޯޗު ސޮފްވާން އަހުމަދު،

ކުޅުންތެރިއަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލަ ދިވެހި ފުލުހުން ތަޙުޤީޤުކުރަން

ފަށައިފިއެވެ.

މިކަން ފުލުހުން ހާމަކޮށްފައިވަނީ މިއަދު

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހެޑް ކޯޗް،

ސޮފްވާން އަހްމަދު، ކުޅުންތެރިޔަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް ހުށަހަޅާފައިވޭތޯ

ނޫސްވެރިޔަކު ސުވާލު ކުރުމުން ފުލުހުން ބުނެފައިވަނީ އެފަދަ މައްސަލައެއް ބަލަމުން

އަންނަ ކަމަށެވެ.

"ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގައި އެތުލީޓުން

ތަމްރީނުކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށުގެމައްސަލައެއް

ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު

ކުރަމުން" ފުލުހުން ބުނެފައިވެއެވެ.

މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި

ނުވާކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ އޮކްޓޯބަރު

މަހުގެ ތެރޭގައެވެ.

މައްސަލަ ފެންމަތިވުމުން އެ އެސޯސިއޭޝަނުން ވަނީ

ސޮފްވާން ކޯޗުކަމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް