ތަޢުލީމީ ދާއިރާއިން ބަންގްލަދޭޝް އާ ގުޅުން ބަދަހިކުރުމަށް ދިވެހި ވަފުދެއް ޑާކާއަށް

ތަޢުލީމީ ދާއިރާއިން ބަންގްލަދޭޝް އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުކޮށް އިތުރު ފުރުޞަތުތައް ފަހިކުރުމަށް ދިވެހި ވަފުދެއް މިއަދު ބަންގްލަދޭޝް އަށް ފުރާނެއެވެ. މާލޭގައި ހުންނަ ބަންގްލ...

12 Jan 2026 | 05:15
ރާއްޖޭގެ ވަފުދު ބަންގްލަދޭސް ސަފީރާއެކު - ފޮޓޯ: ބަންގްލަދޭސް އެމްބަސީ

ރާއްޖޭގެ ވަފުދު ބަންގްލަދޭސް ސަފީރާއެކު - ފޮޓޯ: ބަންގްލަދޭސް އެމްބަސީ

ތަޢުލީމީ ދާއިރާއިން ބަންގްލަދޭޝް އާއި ރާއްޖެއާއި

ދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުކޮށް އިތުރު ފުރުޞަތުތައް ފަހިކުރުމަށް

ދިވެހި ވަފުދެއް މިއަދު ބަންގްލަދޭޝް އަށް ފުރާނެއެވެ.

މާލޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީން

ބުނެފައިވާގޮތުގައި ޑާކާއަށް ކުރާ މި ދަތުރުގައި އެ ވަފުދުން "ސައުތު

އޭސިއަން ރީޖަނަލް ހަޔަރ އެޑިއުކޭޝަން ކޮންފަރެންސް" ގައި ބައިވެރިވާނެއެވެ.

މިއަދުން ފެށިގެން ބުރާސްފަތީގެ ނިޔަލަށް ޑާކާގެ ލެ

މެރީޑިއަން ހޮޓެލްގައި ކުރިއަށްދާ މި ކޮންފަރެންސްގައި ރާއްޖޭގެ ތަޢުލީމީ ދާއިރާގެ

އިސް ވަފުދެއް ބައިވެރިވާކަމާއި ވަފުދު ފުރުމުގެ ކުރިން ބަންގްލަދޭޝް އިން

ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ. އެމްޑީ ނަޒްމުލް އިސްލާމްގެ އަރިހަށް

އެ ވަފުދު އިއްޔެ ޒިޔާރަތެއް ކުރިކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް