ބިޔަ ބޮޑު މަޝްރޫޢެއް – 12 ބިލިޔަނަށްވުރެ ގިނަ ރުފިޔާއިން އަގު ކުރެވޭނެ ޓައުންޝިޕެއް ނޫނު އަތޮޅުގައި

ރާއްޖޭގައި ފުރަތަމަފަހަރަށް، ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމުގެ ޤާނޫނުގެދަށުން، ސަސްޓެއިނަބަލް ޓައުންޝިޕެއް ޤާއިމް ކުރުމުގެ ހުއްދަ ދެވިފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައި...

11 Dec 2025 | 17:36
N/A

N/A

ރާއްޖޭގައި ފުރަތަމަފަހަރަށް، ޚާއްސަ އިޤްތިޞާދީ ސަރަޙައްދު

ކަނޑައެޅުމުގެ ޤާނޫނުގެދަށުން، ސަސްޓެއިނަބަލް ޓައުންޝިޕެއް ޤާއިމް ކުރުމުގެ ހުއްދަ

ދެވިފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު

މުހައްމަދު ސައީދެއެވެ.

ވަޒީރު ސައީދު މިރޭ ވިދާޅުވެފައިވަނީ 790 މިލިއަން އެމެރިކާ

ޑޮލަރު ނުވަތަ ރުފިޔާގެ އަގުން ނަމަ 12.2ބިލިއަން ރުފިޔާގެ އަގުގައި، ނ.އަތޮޅުގައި

ތަރައްޤީކުރާ ޓައުންޝިޕް ވެގެންދާނީ މިޒަމާނުގެ ވަސީލަތްތަކާއި ސިފަތަކާއެކު އިންޑިއަން

އޯޝަންގެ އިތުރަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަ ކުރެވޭނެ ތަފާތު މަޝްރޫޢަކަށް

ކަމަށެވެ.

"މި ޓައުންޝިޕްގައި ދުނިޔޭގެ ފެންވަރުގައި ޚިދުމަތްދޭ

ސިއްޙީ އަދި ދުޅަހެޔޮ ކަމުގެ ފަރުވާލިބޭ ވަސީލަތް ޤާއިމް ކުރުމުގެ އިތުރަށް، ދުނިޔޭގެ

ފެންވަރުގެ ޓޫރިޒަމް ސްކޫލަކާއި،  %60 އިއާދަކުރަނިވި

ހަކަތައިން ކަރަންޓު އުފެއްދޭނެ ގާބިލްކަން ހުރުން ލާޒިމު ވާނެ" ވަޒީރު

ވިދާޅުވެފައިވެއެވެ.

މީގެއިތުރަށް، ދަނޑުވެރިކަމުގެ ވަސީލަތާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު

އެކުއަރކަލްޗަރ، މެރިކަލްޗަރގެ ޒޯނެއް ހިމެނޭނެކަންވެސް ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ކޮމްޕޯނަންޓްތަކުގެ

އިތުރުން އިޖްތިމާއީ މުހިންމު އެސެޓުތަކެއް ތަރައްޤީ ކުރެވިގެންދާ މި މަޝްރޫޢަކީ، ސަރުކާރަށް

އާމުދަނީ ވަންނާނެ މުހިންމު ޓެކްސްތައް ކަމުގައިވާ ޖީއެސްޓީ، ޓީޖީއެސްޓީ، ޓޫރިޒަމް

ލީސްރެންޓް އަދި ގްރީން ޓެކްސް ވެސް ސަރުކާރަށް ލިބޭގޮތަށް ޤާނޫނަށް ބަދަލުގެނެވި އެސް.އީޒެޑަށް

ހުއްދަ ދީފައިވާ މަޝްރޫއެއް ކަމަށާއި މިއީ ރާއްޖޭގެ ޓެކްސް ބޭސް ފުޅާކޮށް، އާމުދަނީ

ސަރުކާރަށް ވައްދައިދޭނެ ބިޔަ މަޝްރޫޢެއް ކަމަށެވެ.

"ހަމަ އެހެންމެ، ރާއްޖޭގައި ތިބެގެން، ދުނިޔޭގެ

ފެންވަރުގެ ހޮސްޕިޓާލިޓީ ސްކޫލެއްގައި ތަމްރީނުވެ، ޒުވާނުންނަށް  އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދޭނެ

މަޝްރޫޢެއް" ވަޒީރު ވިދާޅުވެފައިވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ މިމަޝްރޫޢު 2028އަށްނިންމާލެވޭނެކަމަށް

އެ ޓައުންޝިޕުގައި އިންވެސްޓްކޮށް ޑިވެލޮޕްކުރާފަރާތުން ސަރުކާރަށް މަޢުލޫމާތުދެއްވާ

ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް