މަސްވެރީންގެ މުޒާހަރާ: ތިން މީހަކު ހައްޔަރު – މެންބަރު މައުރޫފް ޒާކިރު ހިމެނޭ

މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން ދެ ދޯންޏެއް ފުލު...

11 Dec 2025 | 08:12
N/A

N/A

މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގެ

ތެރެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ

މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން ދެ ދޯންޏެއް ފުލުހުންގެ ބެލުމުގެ

ދަށަށް ގެންގޮސްފައިވާކަމަށެވެ.

"ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ

ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ގެނެސްފައިވޭ، މިމީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު

މައުރޫފް ޒާކިރު ހިމެނޭ" ފުލުހުން ބުނެފައިވެއެވެ.

އޭގެ ކުރިން ފުލުހުން ބުނެފައިވަނީ މަސްވެރިން މިހާރު

ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން

އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށްފަހު، އެދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ

ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތް ކުރަމުން

އަންނަ ކަމަށާއި އެގޮތުން މިއަދު ފުލުހުން، އިހުތިޖާޖުގައި ބިދޭސީން ހަރަކާތްތެރިވާކަމަށް

ފާހަގަކުރެވިފައިވާ ދޯނިތަކަށްވެސް އަރާފައިވާކަމަށެވެ.

އިއްޔެއިން ފެށިގެން ބޮޑުކަންނެލި މަސްވެރިން މުޒާހަރާ

ކުރަމުން އަންނަނީ ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލުމުގެ

ގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް