ބަނދަރުގައި މަސްތައް މަރުވެ ފެންމަތިވެފައި - ފޮޓޯ: އާރިފް މޫސާ (ކައުންސިލް އެސްޖީ)
ދ. ބަނޑިދޫ ބަނދަރުތެރެއަށް ބައި ލައްކައެއްހާ
މުށިމަސް މަރުވެ ފެންމަތިވެއްޖެއެވެ.
ދުވަހަށް މަޢުލޫމާތު ދެއްވަމުން އެ ރަށު
ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އާރިފް މޫސާ ވިދާޅުވީ ހަމަ ކޮންމެ ދުވަހަކުހެން
ހަވީރެއްހާއިރު މުށިމަސް އައިންތައް ރަށުގެ ބަނދަރުތެރެއަށް ވަންނަ ކަމަށާއި އަދި ރޭގަނޑުގެ
ވަގުތެއްގައި އެ މަސްތައް ނިކުންނަކަމަށެވެ.
"ނަމަވެސް އަށްވަނަ ދުވަހު ވަދެފަ ނުއެއް
ނިކުމޭ، އެ ރޭވެސް ފެންނަމުންދިޔަ މަސްތައް އުޅޭތަން، އަނެއް ދުވަހު ހެނދުނު މުޅި
ބަނދަރުގައި އޮތީ އެ މަސްތައް މަރުވެ ފެންމަތިވެފައި" އެސްޖީ ވިދާޅުވިއެވެ.
އެސްޖީ އިތުރަށް ވިދާޅުވީ އެ މަސްތަކުގެ ޢަދަދު
ބައި ލައްކައަށްވުރެ ގިނަ ވާނެކަމަށް ރަށުގެ ކަމުވޮށިގެންވާމީހުން
ގަބޫލުކުރާކަމަށާއި ކައުންސިލާއި ފުލުހުންނާއި ރައްޔިތުން ގުޅިގެން މިހާރު ބަނދަރު
ސާފުކޮށްފައިވާކަމަށެވެ.
މަސްތައް މަރުވާން މެދުވެރިވީ ކަންނެލި ދޯންޏަކުން
ކެމިކަލާއި ބްލީޗް ބޭނުންކޮށްގެން ދޯނި ސާފު ކުރުމަށްފަހު ސާފުކުރަން ބޭނުންކުރި
ފޮތިތަކާއި އާލާތްތައް ބަނދަރުގެ ތެރެއަށް އުކާލުމުން ކަމަށް ރަށުތެރޭގައި ވާހަކަ
ދެކެވޭ ކަމަށާއި ނަމަވެސް ރަސްމީ ސިފައެއްގައި އެފަދަ މައްސަލައެއް ކައުންސިލަށް
އަދި ހުށަހަޅާފައިނުވާކަމަށްވެސް އާރިފް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް