ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށް ބުނެ މަކަރުން ފައިސާ ނެގި ޑެޕިއުޓީ މިނިސްޓަރެއްގެ މައްސަލަ ބަލަނީ

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށް ބުނެ މީހުންގެ އަތުން އެތައް މިލިއަން ރުފިޔާއެއް ނެގި މީހެއްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ. ފުލުހުން މީޑިއާއ...

11 Jul 2026 | 16:48
މުހައްމަދު ޔާސީން --

މުހައްމަދު ޔާސީން --

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށް ބުނެ މީހުންގެ އަތުން އެތައް މިލިއަން ރުފިޔާއެއް ނެގި މީހެއްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މީޑިއާއަށް ބުނީ ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

އެއީ ކާކު ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި މައްސަލައިގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގަ ތުހުމަތު ކުރެވޭ ފަރާތަކީ ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔާސީނެވެ. އޭނާ މިހާރު ވަނީ މަގާމުން ވަކިކޮށްފައި އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އޭނާ ވަނީ މީހުންގެ އަތުން 25 މިލިއަނަށްވުރެ ގިނަ ރުފިޔާ ފްލެޓާއި ގޯތި ހޯދައި ދޭނެކަމަށް ބުނެ ނަގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް