ޑިއުޓީގައި ހުރި ފުލުހަކު ނިޔާވެއްޖެ

ޕޮލިސް ލޯންޗެއްގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ނިޔާވެފައި އޮއްވައި ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގީ މިއަދު ދަންވަރުގެ ...

11 Jun 2026 | 04:03
N/A

N/A

ޕޮލިސް ލޯންޗެއްގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ނިޔާވެފައި އޮއްވައި ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގީ މިއަދު ދަންވަރުގެ ވަގުތެއްގައި "ޕޮލިސް ލޯންޗް 57" ގައި ކަމަށެވެ. ޑިއުޓީގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާކަން ސަމާލުކަމަށް އައުމާ އެކު ވަގުތުން ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. ހޯދުމުގެ ތެރޭގައި އެ ފުލުސް އޮފިސަރު ފެނުނީ މޫދު އަޑިން ކަމަށް ފުލުހުން ބުނެއެވެ.

އޮފިސަރުގެ ހަށިގަނޑު އއ. މަތިވެރި ސިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން މަޢުލޫމާތު ދީފައިވެއެވެ. މި ހާދިސާ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ފުލުހުން ބުނީ ނިޔާވި އޮފިސަރުގެ ޢާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ހޯދުމުގެ މަސައްކަތުގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިޢޫން. ނިޔާވި ފުލުސް އޮފިސަރުގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް