N/A
މި ހަފުތާގައި ބެއިރޫތަށް އިޒްރޭލުން ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި މަރުވި އަނބިމީހާއާއި ހަތަރު ދަރިންގެ ހަށިގަނޑު ސީރިއާގެ ދެއިރު އައްޒައުރު ޕްރޮވިންސަށް ގެންގޮސް، ހޮނިހިރު ދުވަހު ވަޅުލައިފިއެވެ.
ސީރިއާ ރައްޔިތެއް ކަމަށްވާ ހަމަދު އަލް-ޖާލިބު ސަލާމަތްވީ، ހަމަލާ އެރި ވަގުތު އޭނާ ގޭސް ފުޅިއެއް ބަލާ ބޭރުގައި ހުރުމުންނެވެ. އޭނާ އެނބުރި އައިއިރު ފެނުނީ އޭނާ ދިރިއުޅުނު ޢައިން މްރެއިސެހް ސަރަޙައްދުގެ ޢިމާރާތުން ދުން އަރަމުންދިޔަ މަންޒަރެވެ. "އިޒްރޭލުގެ ހަމަލާގައި މަރުވީ ކުށެއް ނެތް އަހަރެންގެ ދަރިން. އެ ކުދިން ތިބީ ގޭގައި މެންދުރު ކެއުމުގައި،" އަލް-ޖާލިބު ބުންޏެވެ.
އޭނާގެ ދެ އަންހެން ދަރިންގެ ތެރެއިން 10 އަހަރުގެ ފާޠިމާގެ ހަށިގަނޑު އަދިވެސް ނުފެނެއެވެ. އެ ކުއްޖާ ވީ ކަމަށް ބެލެވެނީ ކުނިތަކުގެ ދަށުގައެވެ. ބުދަ ދުވަހު އިޒްރޭލުން ބެއިރޫތަށް ގާތްގަނޑަކަށް 100 ހަމަލާ ދީފައިވާއިރު، އެ ދުވަހު 350 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި ހިއްސާކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް