އެމްޑީޕީ ލީޑުކުރުން ފަސް ލީޑަރުންގެ ކޮމިޓީއާ ހަވާލުކުރަން ފާސްކޮށްފި

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ހިންގުމުގެ ކަންކަން ބެލެހެއްޓުން ފަސް ލީޑަރުން ހިމެނޭ ވަގުތީ ކޮމިޓީއަކާ ހަވާލުކުރަން އެ ޕާޓީން ފާސްކޮށްފިއެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ރައީސް އި...

11 Apr 2026 | 17:44
އެކަމަށް ނެގި ވޯޓު: ސްކްރީން ގްރެބް ފޮޓޯ

އެކަމަށް ނެގި ވޯޓު: ސްކްރީން ގްރެބް ފޮޓޯ

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ހިންގުމުގެ ކަންކަން ބެލެހެއްޓުން ފަސް ލީޑަރުން ހިމެނޭ ވަގުތީ ކޮމިޓީއަކާ ހަވާލުކުރަން އެ ޕާޓީން ފާސްކޮށްފިއެވެ.

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ފައްޔާޒު އިސްމާއިލާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ އަދި ޕާޓީގެ މިހާރުގެ ރައީސް ޢަބްދުﷲ ޝާހިދެވެ. މި ކޮމިޓީއަކީ ޗެއާޕާސަނެއް އިންތިޚާބުކުރެވެންދެން ޕާޓީ ހިންގުމާ ހަވާލުވާނެ ކޮމިޓީއެކެވެ.

މީގެ އިތުރުން، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ދާއިމީ މެންބަރުކަން ރައީސް ނަޝީދަށް ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.

މި ނިންމުން އައިސްފައި މިވަނީ ނިމިގެންދިޔަ އިންތިޚާބަށް ފަހު ޕާޓީގެ އެތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައި ވަނިކޮށެވެ. އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުޞަތު ނުދިން މައްސަލައިގައި ޕާޓީ ތެރޭގައި ނުތަނަވަސްކަން އުފެދުނު ނަމަވެސް، އެ މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް