ރައީސް ޢުމްރާގެ އަޅުކަމަށްފަހު ރާއްޖެ ވަޑައިގެންނެވުން - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންނެވީ މި ހިނގާ އެޕްރީލު މަހުގެ ހަ ވަނަ ދުވަހުއެވެ.
މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނެވެ.
މިއީ ރައީސްގެ ދެކަނބަލުން ރިޔާސީ މި ދައުރުގައި ޢުމްރާ ކުރެއްވި ދެވަނަ ފަހަރެވެ. ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަންވެސް އަދާކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް