ޙައްޖު މޫސުމުގައި ހޮސްޕިޓާލިޓީ ފެސިލިޓީތައް ޖޫރިމަނާކުރާ އުސޫލެއް ސައޫދީން ކަނޑައަޅައިފި

ޙައްޖު މޫސުމުގައި މައްކާ އާއި މަދީނާގައި ހިންގާ ހޮސްޕިޓާލިޓީ ފެސިލިޓީތަކުން ޚިދުމަތުގެ ފެންވަރާ ގުޅޭ ގޮތުން ކުށްތަކާއި ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލެއް ސައޫދީ ޓޫރިޒަމް ވުޒާރާއިން އެކުލަވައިލައިފިއެވެ. ...

11 Apr 2026 | 04:39
N/A

N/A

ޙައްޖު މޫސުމުގައި މައްކާ އާއި މަދީނާގައި ހިންގާ ހޮސްޕިޓާލިޓީ ފެސިލިޓީތަކުން ޚިދުމަތުގެ ފެންވަރާ ގުޅޭ ގޮތުން ކުށްތަކާއި ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލެއް ސައޫދީ ޓޫރިޒަމް ވުޒާރާއިން އެކުލަވައިލައިފިއެވެ.

އެ ވުޒާރާއިން ބުނީ ޙައްޖު މޫސުމުގެ މުއްދަތަކީ ކޮންމެ އަހަރެއްގެ ޛުލްޤައިދާ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މުޙައްރަމް މަހުގެ މެދާ ހަމައަށް ކަމަށެވެ. މި އުސޫލުގެ ދަށުން، ޙައްޖު މޫސުމުގެ ތެރޭގައި ކުށެއް ތަކުރާރުވެއްޖެ ނަމަ ޖޫރިމަނާ ބޮޑުވާނެއެވެ. ޙައްޖުގެ ކުރިން ކޮށްފައިވާ ކުށެއް މޫސުމުގެ ތެރޭގައި ތަކުރާރުވެއްޖެ ނަމަ، ކުރީގެ ޖޫރިމަނާއަށް ވުރެ ބޮޑު ނަމަ މިނިމަމް ޖޫރިމަނާ ކުރާނެއެވެ. ކުރީގެ ޖޫރިމަނާ ބޮޑު ނަމަ ދެގުނައަށް ބޮޑުކުރާނެއެވެ. އެއް މޫސުމެއްގެ ތެރޭގައި ކުށް ތަކުރާރުވެއްޖެ ނަމަ ވެސް ޖޫރިމަނާ ދެގުނަކުރާނެއެވެ.

ޖޫރިމަނާގެ އިތުރުން، ތިން ވަނަ ފަހަރަށް ކުށް ތަކުރާރުވެއްޖެ ނަމަ ޙައްޖު މޫސުމުގައި ވަގުތީ ގޮތުން ތަން ބަންދުކުރުން ނުވަތަ ލައިސެންސް ބާޠިލުކުރުން ފަދަ ފިޔަވަޅު އެޅިދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. ޖޫރިމަނާ ކުރުމުގައި މަޑުމަޑުން ބޮޑުކުރަމުންދާ އުސޫލެއް ގެންގުޅޭ ކަމަށާއި، ނަމަވެސް ގާނޫނީ ގޮތުން ކަނޑައެޅިފައިވާ އެންމެ މައްޗަށް ވުރެ ބޮޑު ނުކުރާނެ ކަމަށް ވެސް ބުނެއެވެ.

ހޮސްޕިޓާލިޓީ ފެސިލިޓީތައް ފައިވް ސްޓާ ލަގްޒަރީ ތަންތަނުން ފެށިގެން ވަގުތީ ޙައްޖު އެކޮމޮޑޭޝަނާ ހަމައަށް ފަސް ކެޓެގަރީއަކަށް ބަހައިފައިވާ އިރު، ޖޫރިމަނާ ކަނޑައެޅެނީ ވިޔަފާރީގެ ސައިޒަށް ބަލައިގެންނެވެ. އެގޮތުން ކުދި ވިޔަފާރިތަކަށް 25 އިންސައްތަ، ސްމޯލް ވިޔަފާރިތަކަށް 50 އިންސައްތަ، މީޑިއަމް ވިޔަފާރިތަކަށް 75 އިންސައްތަ، އަދި ބޮޑެތި ވިޔަފާރިތަކަށް 100 އިންސައްތައިން ޖޫރިމަނާ ކުރެވެއެވެ.

މައްކާ އާއި މަދީނާގެ ފެސިލިޓީތަކަށް 2,000 ރިޔާލާއި 14,000 ރިޔާލާ ދެމެދުގެ ޖޫރިމަނާ ކަނޑައެޅިފައިވާ އިރު، ވަގުތީ ޙައްޖު ފެސިލިޓީތަކަށް 1,000 ރިޔާލުން 50,000 ރިޔާލާ ހަމައަށް ޖޫރިމަނާ ކުރެވެއެވެ. ޖޫރިމަނާގެ އިތުރުން، އިސްލާހުކުރެވެންދެން ވަގުތީ ގޮތުން ބަންދުކުރުމާއި ލައިސެންސް ބާޠިލުކުރުމުގެ ފިޔަވަޅު ވެސް އެޅިދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް