ެޕެސިފިކް ކަނޑަށް ޖެއްސި ވަގުތު - ފޮޓޯ: ނާސާ
ނާސާގެ އާޓެމިސް II މިޝަންގެ ހަތަރު އެސްޓްރޮނޯޓުން 10 ދުވަހުގެ ހަނދު ވަށައިގެން ކުރި ތާރީޚީ ދަތުރު ނިންމައި، ރާއްޖެ ގަޑިން މިއަދު ފަތިހު 5:07 ގައި ކެލިފޯނިއާގެ ސެން ޑިއޭގޯ ބޭރު ޕެސިފިކް ކަނޑަށް ކާމިޔާބު ކަމާއެކު ޖައްސައިފިއެވެ.
މި މިޝަންގައި ދަތުރުކުރީ ނާސާގެ ރީޑް ވައިސްމަން (ކޮމާންޑަރު)، ވިކްޓާ ގްލޯވާ (ޕައިލެޓް)، ކްރިސްޓީނާ ކޮކް (މިޝަން ސްޕެޝަލިސްޓް) އަދި ކެނެޑާ ސްޕޭސް އެޖެންސީ (ސީއެސްއޭ) ގެ ޖެރެމީ ހެންސެން (މިޝަން ސްޕެޝަލިސްޓް) އެވެ. "އިންޓެގްރިޓީ" ގެ ނަން ދީފައިވާ އޮރިއޮން ސްޕޭސްކްރާފްޓުގައި ކުރި މި ދަތުރުގައި ކްރޫ ވަނީ ބިމާ 252,756 މޭލު ދުރަށް ދަތުރުކޮށް، 1970 ވަނަ އަހަރުގެ އެޕޮލޯ 13 ގެ ރެކޯޑު މުގުރާލައިފައެވެ. މިއީ އިންސާނުން މިހާތަނަށް ބިމާ އެންމެ ދުރަށް ދަތުރުކުރި ފަހަރެވެ.
އޭޕްރީލް އެކެއްގައި ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުން ލޯންޗުކުރި މި މިޝަންގައި، ކްރޫ އޭޕްރީލް ހައެއްގައި ހަނދުގެ ސަތަހާ 4,067 މޭލު ކައިރިން ދަތުރުކޮށް ފްލައިބައި ފުރިހަމަކުރިއެވެ. މިއީ 1972 ވަނަ އަހަރުގެ އެޕޮލޯ 17 ގެ ފަހުން ހަނދާ ހަމައަށް އިންސާނުން ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މި މިޝަނަކީ ފަހުން ހަނދަށް ޖައްސާ އާޓެމިސް III މިޝަނަށް ތައްޔާރުވުމުގެ ގޮތުން، އޮރިއޮން ސްޕޭސްކްރާފްޓުގެ ސިސްޓަމްތައް ޑީޕް ސްޕޭސް މާހައުލެއްގައި ޓެސްޓުކުރުމަށް ކުރި ދަތުރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް