މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ހެލްތު މިނިސްޓްރީ
ހއ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހެލްތު މިނިސްޓްރީން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢީލް ޢަބްދުﷲ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަރީފް އަބްދުލްރަހްމާން ޔޫސުފެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުޙައްމަދާއި ހޮސްޕިޓަލްގެ ސީއީއޯ ނާޒިމާ އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢު ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ފޭސްގައި ހިމެނެނީ އާ ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާ ތަނުގައި މިހާރު ހުރި ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރާއި ސީއެސްއެސްޑީ އަދި އެ ނޫންވެސް ޚިދުމަތްތައް ހޮސްޕިޓަލްގެ އެހެން ތަނަކަށް ބަދަލުކުރުމެވެ. ދެވަނަ ފޭސްގައި ޓާޝަރީ ފެންވަރަށް ޚިދުމަތް ގެނައުމަށް ބޭނުންވާ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް