ދިވެހި ފުލުހަކު މާލޭގެ މަގެއްގައި - ފައިލް ފޮޓޯ: ދުވަސް
ކ. ތިލަފުށީ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު، އިންވެސްޓިގޭޝަން އޮފިސަރެއްގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި، 2025 ޑިސެމްބަރު 31 ވަނަ ދުވަހު ހުށަހެޅި މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ވެސް ދަނީ ވަކިން ތަހުގީގު ކުރަމުންނެވެ.
މި މައްސަލައަކީ ތިލަފުށީ ގުދަނެއްގައި ހުރި ހުއިފިލަނޑާތަކެއް ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެހެން ތަނަކަށް ބަދަލުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 1,438 ކިލޯގެ ހުއިފިލަނޑާ ޕީޖީގެ ލަފާގެ މަތިން ނީލަމުގައި ވިއްކާލަން ނިންމުމުން ވެސް ވަނީ އާންމުންގެ ފާޑުކިޔުން އަމާޒުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް