ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފި

ޖަރުމަނުވިލާތުގައި ވަޒަންވެރިވެގެން އުޅޭ ދިވެހި ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ. މިހާރު ޖަރުމަނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭ...

11 Feb 2026 | 08:46
ޖަރުމަނުވިލާތުގައި ވަޒަންވެރިވެގެން އުޅޭ ދިވެހި ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން /ފޮޓޯ: ރައީސް އޮފީސް

ޖަރުމަނުވިލާތުގައި ވަޒަންވެރިވެގެން އުޅޭ ދިވެހި ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން /ފޮޓޯ: ރައީސް އޮފީސް

ޖަރުމަނުވިލާތުގައި ވަޒަންވެރިވެގެން އުޅޭ ދިވެހި ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.

މިހާރު ޖަރުމަނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި

ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭން ބޭރަށް ކުރައްވާ ރަސްމީ

ދަތުރުފުޅުތަކުގައި އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަކީ

އެމަނިކުފާނު ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި އެ ޤައުމުގައި

ތިބި ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ހެޔޮއެދުންތައް ފޮނުއްވިއެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާއާ

ބައްދަލުކޮށް، އެމީހުންގެ ހުރި ދަތިތަކާއި ކަންބޮޑުވުންތައް ސީދާ ރައީސަށް

ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލަދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް