N/A
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން
އަޙްމަދު ޝަމާޙް ރަޝީދު ވަކިކޮށްފިއެވެ.
މިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން
ބޯޑުން ވަނީ ހަވާލުކޮށްފައެވެ.
އެ ބޯޑުން ބުނެފައިވަނީ ސްޓޭޓް އިލެކްޓްރިކް
ކޮމްޕެނީ ލިމިޓެޑް – ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި،
ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަޤާމުން މ. ސިސްކަން، އަލްފާޟިލް އަޙްމަދު
ޝަމާޙް ރަޝީދު މިއަދުން ފެށިގެން ވަނީ ވަކިކޮށްފައިވާކަމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސަމާހު އައްޔަންކޮށްފައިވަނީ
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުގައެވެ.
ޝަމާހް ވަނީ މި ސަރުކާރުގައި މިފްކޯގެ މެނޭޖިން
ޑިރެކްޓަރުކަންވެސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް