އޮޕަރޭޝަން އަލިމަގުގެ ދަށުން މިއަދު ގެންދާ އޮޕަރޭޝަން - ފޮޓޯ: ޕޮލިސް
އޮޕަރޭޝަން އަލިމަގުގައި މާލެ އާއި ގއ. އަތޮޅުގެ 10
ތަނެއް ބަލައިފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިކަން ހާމަކޮށް މިއަދު ފުލުހުން ބުނެފައިވަނީ ދިވެހިރާއްޖެއަށް
މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯކްތައް
ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު"ގެ
ދަށުން ހާއްސަ މަސައްކަތްތަކެއް މިއަދު ހެނދުނު ފެށިގެން ގއ. އަތޮޅާއި މާލެ ސަރަހައްދުގައި
ދަނީ ހިންގަމުން ކަމަށާއި މިއަދު ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ
ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް
ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
"މި އޮޕަރޭޝަނުގެ ތެރެއިން، ތުހުމަތު ކުރެވޭ ފަރާތްތަކާ
ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ
ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ" ފުލުހުން
ބުނެފައިވެއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ހާއްސަ
ޓީމުތަކާއި އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ވިންގް ގުޅިގެން ކަމަށްވެސް
ފުލުހުން ބުނެފައިވެއެވެ.
އިތުރު ތަފުސީލެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް