އައްޑޫ ހައި ސްކޫލުގައި ހިނގި ހާދިސާ – ހަމަ އެކަނި ޓީޗަރު ކުށްވެރިކޮށްގެން ވާން އެބަ އޮތް ތަ !؟

މިއަދު މިވަނީ ބަލަން އުނދަގޫ މަންޒަރުތަކެއް ފެންނަ ވީޑިއޯތަކަކުން މުޅި ސޯޝަލް މީޑިއާ ފުރައިލާފައެވެ. ފެންނަނީ އައްޑޫ ހައި ސްކޫލުގެ ކްލާހެއްގައި ދަރިވަރުންތަކެއް ޓީޗަރަކާއިމެދު ޢަމަލުކުރަމުން އަންނަ ގޮ...

10 Dec 2025 | 14:44
N/A

N/A

މިއަދު މިވަނީ ބަލަން އުނދަގޫ މަންޒަރުތަކެއް

ފެންނަ ވީޑިއޯތަކަކުން މުޅި ސޯޝަލް މީޑިއާ ފުރައިލާފައެވެ. ފެންނަނީ އައްޑޫ ހައި

ސްކޫލުގެ ކްލާހެއްގައި ދަރިވަރުންތަކެއް ޓީޗަރަކާއިމެދު ޢަމަލުކުރަމުން އަންނަ

ގޮތާއި ހަމަ އެހެންމެ ޓީޗަރު ދަރިވަރާއިމެދު އެއަށްފަހު ޢަމަލުކުރަމުން އަންނަ

ގޮތެވެ.

އެންމެ ފުރަތަމަ މި ކަމުގެ ޚަބަރު ނޫސްތަކަށް އެރީ "ދަރިވަރެއްގެ

ކަރުގައި ހިފައި، ތަޅައި އަނިޔާކުރި ޓީޗަރެއްގެ މައްސަލަ ބަލަނީ!" މި

ސުރުހީގެ ދަށުންނެވެ. އެހެންނަމަވެސް ފަހުން މިކަމާއި ގުޅޭ އިތުރު ވީޑިއޯތަކެއް ސޯޝަލް

މީޑިއާގައި އާންމުވެފައިވާއިރު ފެންނަނީ ސްކޫލެއްގެ މާހައުލުން ފެނިގެން ނުވާނެ

ހިތްދަތި، ބަލަން އުނދަގޫ މަންޒަރު ތަކެކެވެ.

އެއް ކުއްޖަކު ލެޕްޓޮޕުން ގޭމު ކުޅޭ މަންޒަރު

ފެންނައިރު އަނެއް ކުއްޖަކު ހުއްޓުމެއްނެތި ޓީޗަރަށް އުނދަގޫކޮށް ގަޔަށް އަތްލާ

ޓީޗަރުގެ ޖީބަށް އަތް ކޮއްޕާ އަދި ހަމަ އެހެންމެ އިސްވެ ޓީޗަރުގެ ގައިގާ ޖަހާ

މަންޒަރުވެސް ފެނިގެންދެއެވެ.

އެއަށްފަހު ފެންނަ ބައެއް ވީޑިއޯ ކްލިޕްތަކުގައި

ޓީޗަރުގެ ރުޅި ކޮންޓްރޯލުން ނެއްޓި ދަރިވަރަށް އަނިޔާކުރާ މަންޒަރާއި އެ

ދަރިވަރާއި ޓީޗަރާއިމެދު ކުރިމަތިލުންތަކެއް ހިނގާ މަންޒަރުވެސް ފެނިގެންދެއެވެ.

މި ވީޑިއޯތައް ދަޢުރުވުމާއެކު މި މައްސަލައިގާ ގިނަ

ބަޔަކު އަންނަނީ މިހާރު އެ ޓީޗަރުގެ ދިފާޢުގައިވެސް ވާހަކަ ދައްކަމުންނެވެ.

ޓީޗަރަށް ކެތްތެރިކަން ކޮޅުންލާހިސާބަށް ގެންދިޔައީ ދަރިވަރުން ކަމަށް ބުނަމުންނެވެ.

އެހެންނަމަވެސް އެއާ އިދިކޮޅަށް ވާހަކަ ދައްކާ ބަޔަކުވެސް އެބަ އުޅެވެ. ދެވަނަ ވިސްނުމެއްގައި

ވާހަކަ ދައްކާ ފަރާތްތަކުން ބުނަނީ ޓީޗަރުގެ ރުޅި ކޮންޓްރޯލުން ނައްޓައިގެން

ނުވާނެ ކަމަށެވެ. އަދި ހަމަ އެހެންމެ ދަރިވަރުގެ ގައިގާ ޓީޗަރު ޖަހައިގެން ނުވާނެ

ކަމަށެވެ.

ކޮންމެއަކަސް އެ ޓީޗަރު މިހާރު ސަސްޕެންޑުކޮށްފައިވަމަށް

މިހާރު ނޫހަށް މަޢުލޫމާތުދެއްވަމުން ތަޢުލީމާއިބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު

މިވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް