N/A
ޖުވާ ކުޅުމަކީ ޖިނާއި ކުށެއްގެ ގޮތުގައި
ކަނޑައެޅުމަށް ނިންމަވާފައިވާކަން ރައީސް ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި މިއަދު އެކްސްގައި ކުރެއްވި
ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ
ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ
ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަމަށެވެ.
ޖުވާ ކުޅުމަކީ ރާއްޖޭގައި މި ފަހަކަށް އައިސް
ވަރަށް ބޮޑަށް އާދަވެފައިވާ ނުބައި އާދައެކެވެ. މި ސަރުކާރުން ޖުވާގެ ވެބްސައިޓްތައްވެސް
ބްލޮކް ކުރިއެވެ. އެހެންނަމަވެސް ވީޕީއެންއާއި އެހެނިހެން ގޮތްގޮތުންވެސް ޖުވާކުޅުން
މި ރާއްޖޭގައި އަދިވެސް ވަރަށް ގިނައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް