ވިލިމާލޭގައި ދެ ގްރޫޕަކުން މާރާމާރީ ހިންގައިފި، ހަތަރު މީހަކަށް ފަރުވާ ދެނީ

ވިލިމާލޭގައި މިއަދު ގްރޫޕް މާރާމާރީ ހިންގައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީ ހިންގީ ވިލިމާލޭ ކަނދޮޅު ގޯޅީގައި ދެ ގްރޫޕަކުން ކަމަށެވެ. މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ކުރީ މެންދުރ...

10 Jul 2026 | 17:11
ވިލިމާލެ -- ފޮޓޯ: ފޭސްބުކް

ވިލިމާލެ -- ފޮޓޯ: ފޭސްބުކް

ވިލިމާލޭގައި މިއަދު ގްރޫޕް މާރާމާރީ ހިންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީ ހިންގީ ވިލިމާލޭ ކަނދޮޅު ގޯޅީގައި ދެ ގްރޫޕަކުން ކަމަށެވެ. މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ކުރީ މެންދުރު ފަހު 3:12 ހާއިރު އެވެ.

މި މާރާމާރީގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އެއީ 18 އަހަރު، 27 އަހަރު، 31 އަހަރު އަދި 22 އަހަރުގެ ދިވެހި ހަތަރު ފިރިހެނުންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މީގެ އަހަރުތަކެއް ކުރިން ވިލިމާލޭގައި ސިލްސިލާކޮށް މާރާމާރީ ހިންގާފައި އެވެ. އަދި ބައެއް މީހުންނަށް ހަމަލާދީ މަރާލާފައިވެ އެވެ.

މި ފަހުން ވިލިމާލޭގައި މާރާމާރީ ހިންގި ކަމުގެ ރިޕޯޓު ނުކުރާކަން ފާހަގަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް