ވައިގެ މަގުން އެތެރެ ކުރި ދެ މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ރާއްޖެއަށް ވައިގެ މަގުން އެތެރެ ކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް އިން ބުނީ އެތަކެތި އެތެރެކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވި މީ...

10 Jul 2026 | 05:46
މީގެ ކުރިން ކަސްޓަމުން އަތުކައިގަތް މަސްތުވާތާކެތި ތަކެއް -- ފޮޓޯ: ކަސްޓަމްސް

މީގެ ކުރިން ކަސްޓަމުން އަތުކައިގަތް މަސްތުވާތާކެތި ތަކެއް -- ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް ވައިގެ މަގުން އެތެރެ ކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ އެތަކެތި އެތެރެކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވި މީހެއްގެ ލަގެޖުން ކަމަށެވެ. މިތަކެތި އަތުލައި ގަތީ މިދިޔަ މަހުެގ 29 ވަނަ ދުވަހު އެވެ.

އެ އޮޕަރޭޝަންގައި ކަސްޓަމުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 3.5 ކިލޯ ހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ 740 ގްރާމް ކެނަބިސް އާއި 2.79 ކިލޯގެ ހަޝިޝް އޮއިލް އެވެ.

މިތަކެތީގެ މަގުމަތީ އަގު 2.7 މިލިއަން ރިފިޔާއަށް އަރާ ކަމަށް ކަސްޓަމުން ލަފާ ކުރެ އެވެ.

މި މައްސަލައިގަ މީހަކު ހައްޔަރު ކުރި ކަމެއް ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް