މަރަދޫ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއް ކޮންޓްރޯލްކޮށްފި

އައްޑޫ ސިޓީ މަރަދޫ ގެއެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މަރަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މަރަދޫ "ޗަމަން" ގޭގައެވެ. ރޭ 20:06 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމ...

10 Jul 2026 | 03:52
އަލިފާނުގެ ހާދިސާގައި ލިބިފައިވާ ގެއްލުން ފެންނަ މަންޒަރެއް - ފޮޓޯ: އެމްއެންޑީއެފް

އަލިފާނުގެ ހާދިސާގައި ލިބިފައިވާ ގެއްލުން ފެންނަ މަންޒަރެއް - ފޮޓޯ: އެމްއެންޑީއެފް

އައްޑޫ ސިޓީ މަރަދޫ ގެއެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މަރަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މަރަދޫ "ޗަމަން" ގޭގައެވެ. ރޭ 20:06 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް މި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، މަރަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ. ގާތްގަނޑަކަށް ތިން ގަޑިއިރުގެ މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ރޭ 22:55 ހާއިރެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް