N/A
އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުސް އޮފިސަރަކު ހައްޔަރުކޮށް، މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ހަވީރު ހާމަކުރި ގޮތުގައި، 49 އަހަރުގެ މި ދިވެހި ފިރިހެން މީހާ ހައްޔަރުކުރީ ޖޫން ހަތް ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. ހައްޔަރުކުރި ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއިން ވަނީ ސަސްޕެންޑް ކޮށްފައެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މި ހިނގާ ޖޫން މަހުގެ އެއް ވަނަ ދުވަހުއެވެ. މި މައްސަލައިގެ ޖިނާއީ ތަޙުޤީޤު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރިއަށް ގެންދާ އިރު، އެ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް