އެ ގޮނޑިއާއި ގުޅޭ ވޯޓު މިއަދު އަލުން ގުނި ވަގުތު - ފޮޓޯ: ދުވަސް
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ދެ ކެންޑިޑޭޓެއްގެ ވޯޓު އެއްވަރުވެފައި ވަނިކޮށް، ވޯޓު ފޮއްޓެއް އަލުން ގުނައި، އެ ގޮނޑި އެންމެ ވޯޓެއްގެ ތަފާތުން އެމްޑީއޭގެ ކެންޑިޑޭޓު މުޙައްމަދު ޝާހިދު ކާމިޔާބުކޮށްފިއެވެ.
މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމާއި އެމްޑީއޭގެ ކެންޑިޑޭޓު މުޙައްމަދު ޝާހިދުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި އިބްރާހީމް ނަސީމެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެބްސައިޓުގައިވާ ފުރަތަމަ ނަތީޖާ ދެއްކި ގޮތުގައި ސުހާއަށް 393 ވޯޓު، ޝާހިދަށް 392 ވޯޓު، އަދި އަމިއްލަ ކެންޑިޑޭޓަށް 100 ވޯޓު ލިބުނެވެ.
ނަމަވެސް ލ. ފޮނަދޫގައި ބެހެއްޓި ތިނެއް ނަމްބަރު ފޮށްޓަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލާފައިވާ ކަން ސާބިތުވެ، ސުހާއަށް ލިބުނު ވޯޓެއް ބާތިލުވިއެވެ. އެއާ އެކު ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވީއެވެ.
ފޮނަދޫ ފޮށި އަލުން ގުނުމުން އީސީން އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޝާހިދަށް 392 ވޯޓު ލިބުނު އިރު ސުހާއަށް ލިބުނީ 391 ވޯޓެވެ. މި ނަތީޖާއާ މެދު ބައެއް މީހުން ހިތްހަމަ ނުޖެހި މައްސަލަ ހޫނުވެސް ވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް