ރިވެލި ބީޗް ރެސްޓޯރެންޓުގެ މުވައްޒަފުން މުސާރައިގެ މައްސަލައިގައި މަސައްކަތް ހުއްޓާލައިފި

ހުޅުމާލެ ފޭސް 1 ގައި ހުންނަ ރިވެލި ބީޗް ރެސްޓޯރެންޓުގެ ބައެއް މުވައްޒަފުން މުސާރައާ ގުޅޭ ކަންބޮޑުވުންތަކެއް ފާޅުކޮށް މަސައްކަތް ހުއްޓާލައި އިހުތިޖާޖުކޮށްފިއެވެ. ފުލުހުން ބުނީ މި ރިޕޯޓާ ގުޅިގެން އެ ތަނ...

10 Mar 2026 | 14:46
ރިވެލި ބީޗް ރެސްޓޯރެންޓްގެ މުވައްޒަފުން އިހުތިޖާޖުގައި -

ރިވެލި ބީޗް ރެސްޓޯރެންޓްގެ މުވައްޒަފުން އިހުތިޖާޖުގައި -

ހުޅުމާލެ ފޭސް 1 ގައި ހުންނަ ރިވެލި ބީޗް ރެސްޓޯރެންޓުގެ ބައެއް މުވައްޒަފުން މުސާރައާ ގުޅޭ ކަންބޮޑުވުންތަކެއް ފާޅުކޮށް މަސައްކަތް ހުއްޓާލައި އިހުތިޖާޖުކޮށްފިއެވެ.

ފުލުހުން ބުނީ މި ރިޕޯޓާ ގުޅިގެން އެ ތަނަށް ގޮސް މުވައްޒަފުންނާއި މެނޭޖްމަންޓާ ބައްދަލުކޮށް މައުލޫމާތު ސާފުކުރި ކަމަށެވެ. އެ ގޮތުން އެނގުނު ގޮތުގައި ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، މުވައްޒަފުންގެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކަށް މިހާރު ވެސް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ޤާނޫނީ އުސޫލުތަކުގެ ތެރެއިން ހައްލުކުރުމަށް ފުލުހުން ވަނީ އެ ފަރާތްތަކަށް އިރުޝާދު ދީފައެވެ. އަދި އަމަންއަމާންކަން ދެމެހެއްޓުމަށާއި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނުކުރުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

ފުލުހުން ބުނީ މި އިހުތިޖާޖުގައި އެއްވެސް ހަމަނުޖެހުމެއް ނުވަތަ ޤާނޫނާ ޚިލާފު ކަމެއް ހިނގި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް