ހަނދު ފެނިއްޖެނަމަ އެންގުމަށް އެދިއްޖެ - ހެކިބަސް ދޭން އައުމާއި ދިއުމުގެ ޚަރަދު ދޭނެ ކަމަށްވެސް ބުނި

މިއަހަރުގެ ފިޠުރު ޢީދަށް ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހަނދު ފެނިއްޖެ ނަމަ އެކަން އެންގުމަށާއި، އެކަމާ ގުޅޭގޮތުން ހެކިބަސް ދިނުމަށް އައުމާއި ދިއުމުގެ ޚަރަދު ހަމަޖައްސައިދޭނެ ކަމަށް ޑިޕާޓ...

10 Mar 2026 | 07:40
މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ބެލުމުގެ ކަންތަައްތައް އިސްލާމިކް މިނިސްޓްރީން ކުރިޔަށް ގެންދިޔަ ވަގުތުގެ ފޮޓޯއެއް - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ބެލުމުގެ ކަންތަައްތައް އިސްލާމިކް މިނިސްޓްރީން ކުރިޔަށް ގެންދިޔަ ވަގުތުގެ ފޮޓޯއެއް - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަހަރުގެ ފިޠުރު ޢީދަށް ޝައްވާލް މަހުގެ ހަނދު

ސާބިތުކުރުމަށްޓަކައި، ހަނދު ފެނިއްޖެ ނަމަ އެކަން އެންގުމަށާއި، އެކަމާ

ގުޅޭގޮތުން ހެކިބަސް ދިނުމަށް އައުމާއި ދިއުމުގެ ޚަރަދު ހަމަޖައްސައިދޭނެ ކަމަށް

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ޑީޖޭއޭ އިން މިއަދު ކުރި އިޢުލާނެއްގައި

ބުނެފައިވަނީ، ކުރީ އަހަރުތަކޭ އެއްގޮތަށް މިއަހަރު ވެސް ޝައްވާލު މަހުގެ ހަނދު

ބެލުން އޮންނާނީ ކުރިއަށް އޮތް މާރިޗު މަހުގެ 18 ވާ ބުދަ ދުވަހު ކަމަށެވެ. ހަނދު

ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރަން ޖެހޭނީ، މާލޭގައި ނަމަ ކޯޓެއްގެ

ގާޒީއެއްގެ ކުރިމަތީގައި ކަމަށާއި އަދި ރަށްރަށުގައި ނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް

ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގައި ކަމަށް ބުނެފައިވެއެވެ.

މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއް ނަމަ، އެ ވަގުތަކު އެ

ރަށެއްގެ މެޖިސްޓްރޭޓް ކޯޓާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިމަތީގައި

ހެކިބަސް ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް އެ އިދާރާ އިން

ބުންޏެވެ. ހަނދު ފެނިގެން ހެކިބަސް ދިނުމަށްޓަކައި އައުމާއި ދިއުމަށް ހިނގާނެ

ދަތުރު ޚަރަދު ދޭ ގޮތަށް ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.

ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު، ހަނދު ހުރި

އުސްމިނާއި މިސްރާބާއި، އެ ނޫންވެސް އެފަދަ މުހިންމު މައުލޫމާތުތައް ފޯރުކޮށްދޭން

ޖެހޭނެ ކަމަށް ޑީޖޭއޭ އިން ބުނެއެވެ.

ޝައްވާލު މަހުގެ ހަނދުގެ މައްސަލާގައި ވަކި ގޮތެއް

ނިމެންދެން، މާޗު 18 ވާ ބުދަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި،

ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލުތަކުގެ އިތުރުން އަތޮޅު

ކައުންސިލު އިދާރާތައް ވެސް ހުޅުވާފައި ހުންނާނެކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީއެންމެ

އަވަހަކަށް އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް ޑީޖޭއޭ އިން ވަނީ

އިލްތިމާސްކޮށްފައެވެ.

މި ރަމަޟާން މަހަކީ ކަލަންޑަރުން އަދި ހިސާބުތަކުން ވެސް

ދައްކާ ގޮތުން 30 ދުވަހުގެ މަހެކެވެ. ކަލަންޑަރުގައި މިހާރު އޮތް ގޮތުން ފިތުރު އީދު

ދުވަހަށް ވާނީ އަންނަ ހަފްތާގެ ހުކުރު ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް