ސްކޭމް މައްސަލައިގައި ހައްޔަރުކުރި ފަސް މީހެއްގެ ބަންދަށް އިތުރު 30 ދުވަސް - ދެ މީހަކު ފައިސާ އަނބުރާ ދައްކަން އެއްބަސްވޭ، ދެ މީހަކު ތުހުމަތަށް އިންކާރުކުރޭ

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން 279,600 އަށްވުރެ ގިނަ ރުފިޔާ ނެގި މައްސަލައިގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން 5 މީހެއ...

10 Feb 2026 | 07:37
N/A

N/A

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށް،

އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން 279,600 އަށްވުރެ ގިނަ ރުފިޔާ

ނެގި މައްސަލައިގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން 5 މީހެއްގެ ބަންދު މުއްދަތު

ކްރިމިނަލް ކޯޓުން 30 ދުވަހަށް އިތުރުކޮށްފިއެވެ.

މި މަހުގެ 9 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށް ބަންދު އިތުރުކޮށްފައިވަނީ

ހދ. ވައިކަރަދޫ / ޕެރިމްރޯޒް، ޢަބްދުﷲ ނާފިޛު (38އ) އާއި މ. މާލޭގެއާގެ / މާލެ، މުޙައްމަދު

ނުހާދު ޢަލީ (30އ) އާއި ގދ. ތިނަދޫ / ގުލްބަކާގެ، ޢަބްދުﷲ އިސްރާޤް (19އ) އާއި ސ. ހިތަދޫ

/ ނަންރީތިގެ، ޢަލީ ޝިރާޒު (38އ) އާއި ގދ. ފިޔޯރީ / ހީނާމާގެ، ޢަލީ ޢިމްރާން (38އ)

ގެ ބަންދަށެވެ. މި އެންމެންގެ ބަންދު ހަމަވާނީ މާރިޗު 11 ވަނަ ދުވަހުއެވެ.

ކޯޓު އަމުރުތަކުން ފާހަގަވާ ގޮތުގައި، މި ފަސް މީހުންގެ

ތެރެއިން ޢަބްދުﷲ ނާފިޛާއި މުޙައްމަދު ނުހާދު ޢަލީ ވަނީ ކަން ހިނގި ގޮތް ތަފްސީލުކޮށް

ބަޔާން ދީ، ފައިސާ އަނބުރާ ދެއްކުމަށް މުހުލަތު ދިނުމަށް އެދިފައެވެ. ނަމަވެސް ޢަބްދުﷲ

އިސްރާޤާއި ޢަލީ ޢިމްރާން ވަނީ ތުހުމަތަށް އިންކާރުކޮށްފައެވެ.

ޢަލީ ޝިރާޒު ބުނެފައިވަނީ އޭނާގެ އެކައުންޓަށް ފައިސާ

ޖަމާކުރީ އިބްރާހީމް ވާޝިޤް ކަމަށާއި، އެ ފައިސާ ވާޝިޤް ނަގާފައިވާ ކަމަށެވެ. ނަމަވެސް

ވާޝިޤް އެކަން ދޮގުކުރާތީ ޝިރާޒު ދޮގު ހަދާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނު (12/2016) ގެ 59 އަދި

60 ވަނަ މާއްދާގެ ދަށުން ބަންދު އިތުރުކުރީ ހެކި ފޮރުވުމާއި މުޖުތަމައުގެ ސަލާމަތަށް

ނުރައްކާ އޮތުމާއި ފިލައިގެން ދިއުމުގެ ފުރުޞަތު އޮތުމުގެ ސަބަބުން ކަމަށް ކޯޓު އަމުރުތަކުގައި

ބަޔާންކޮށްފައިވެއެވެ. ފަސް މީހުންނަކީވެސް ހައްޔަރު/ބަންދު ލޮގް އޮތް ފަރާތްތަކެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ޖެނުއަރީ 21 ވަނަ ދުވަހުން

ފެށިގެން ގޭންގު ކްރައިމް، ހިންމަފުށި ޕޮލިސް އަދި ހިތަދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި

ކޯޓު އަމުރުގެ ދަށުންނެވެ. ސްކޭމްކޮށް ހޯދި ފައިސާ އެކި އެކައުންޓްތަކަށް ޖަމާކޮށް

ނެގުމާއި، ވިޔަފާރިތަކަށް ޖަމާކޮށް މުދާ ގަތުމާއި، އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމުގައި

މި މީހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ތަހުގީގު ކުރަމުންދަނީ

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް