N/A
ދުނިޔޭގައި އެންމެ ގިނައިން ކަދުރު އުފައްދާ ޤައުމަކީ
މިސްރު ކަމަށާއި 24 މިލިޔަނަށްވުރެ ގިނަ ކަދުރު ރުކުގެ އެހީގައި އަހަރެއްގެ މައްޗަށް
އެ ޤައުމުން ގާތްގަނޑަކަށް ދެ މިލިޔަން ޓަނުގެ ކަދުރު އުފައްދާކަމަށް އެ ޤައުމުގެ ދަނޑުވެރިކަމާބެހޭ
ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާގެ ވަޒީރު އަލާ ފާރޫކް ވިދާޅުވެފައިވަނީ ދުނިޔޭގެ
ކަދުރު ބާޒާރުގައި ގާތްގަނޑަކަށް 19 އިންސައްތަ ހިއްސާކުރަމުން އަންނަނީ އެ ޤައުމުން
ކަމަށެވެ.
އެ ޤައުމުގެ ކެބިނެޓުން ފާހަގަކޮށްފައިވާގޮތުގައި ބޭރު
ޤައުމުތަކަށް އެކްސްޕޯޓް ކުރެވޭ، ކޮލިޓީ އާއި އަގުގެ ގޮތުން ރަނގަޅު ބާވަތްތަކުގެ ކަދުރު
ހެއްދުން ފުޅާ ކުރުމަށް އެ ޤައުމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކަދުރު ޕްރޮސެސް
ކުރާ ކާރުޚާނާތަކާއި ކަދުރު ބަންދުކުރާ ވިޔަފާރިތައް ހިމެނޭހެން 200 އަށްވުރެ ގިނަ
އެފަދަ ތަންތަން މިސްރުގެ ކަދުރު ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.
އަދި އެ ކާރުޚާނާތަކާއި ވިޔަފާރިތައް ސަރުކާރާއި ޕްރައިވެޓް ސެކްޓަރ އިންވަސްޓްމަންޓްތަކުގެ
އެހީގައި ދުވަހެއް ދުވަހަކަށް ފެންވަރު ރަނގަޅުކުރަމުން އަންނަކަންވެސް ފާހަގަކޮށްފައިވެއެވެ.
މިސްރުގެ ކަދުރު ސިނާއަތް އިތުރަށް ކުރިއެރުވުމަށް އެކުވެރި
އަރަބި އިމާރާތުން ވަމުން އަންނަ އެހީއާއި ދެމުން އަންނަ އެއްބާރުލުން މިސްރުން ފާހަގަކޮށްފައިވެއެވެ.
އެގޮތުން ކަދުރު ޕްރޮޑަކްޝަން ޗެއިން އިތުރަށް ހަރުދަނާކުރުމަށް އެ ޤައުމުން މިސްރުގައި
ކުރަމުން އަންނަ އިންވެސްޓްމަންޓްތައް ފާހަގަކޮށްފައިވެއެވެ.
ދުނިޔޭގެ ކަދުރު މާކެޓަށް ބަލާއިރު ނިމުނު 2025 ގައި
29.33 ބިލިޔަނުގައި ހުރި މި ސިނާއަތް 2031 ވަނަ އަހަރާއި ހަމައަށް 44.07 ބިލިޔަން ޑޮލަރަށް
އަރާނެ ކަމަށް މާކެޓު ދިރާސާކުރާ ފަރާތެއް ކަމުގަިއވާ މޯޑޯ އިންޓެލިޖަންސުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް