ލަންކާ ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގައިފި – ފުލުހުން ބުނީ ނަސޭހަތް ދީފިން ކަމަށް !

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ލަންކާ ބައެއް ކަމަށް ބެލެވޭ ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ. އާންމުވެފައިވާ އެ ވީޑިއޯގެ ކެޕްޝަންގައި ބުނަނީ އެއާޕޯޓު ތެރޭގައި ލަން...

10 Jan 2026 | 08:11
N/A

N/A

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ލަންކާ ބައެއް

ކަމަށް ބެލެވޭ ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

އާންމުވެފައިވާ އެ ވީޑިއޯގެ ކެޕްޝަންގައި ބުނަނީ

އެއާޕޯޓު ތެރޭގައި ލަންކާ ބަޔަކު މަސްތުގެ ހާލަތުގައި ތިބެ މާރާމާރީ

ހިންގާފައިވާކަމަށެވެ.

މިކަމާއި ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތުދެމުން

ފުލުހުން މިއަދު ބުނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއު

ސަރަހައްދުގައި ދެ ބައެއްގެ މެދުގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގާކަމުގެ

މަޢުލޫމާތު ރޭ ދަންވަރު 12:15 ހާއިރު ލިބުނު ކަމަށެވެ.

"ހަމަނުޖެހުން ހިންގިކަމަށް ތުހުމަތު ކުރެވޭ

މީހުން ހާޒިރުކޮށް މަޢުލޫމާތު ސާފުކޮސް ވަނީ ނަސޭހަތް ދީފައި" ފުލުހުން

ބުނެފައިވެއެވެ.

ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް

ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް