ބަލިމީހަކު ގޮވައިގެން ދަތުރު ކުރި ލޯންޗެއްގެ އިންޖީނުގެ މައްސަލައެއް ޖެހި ފުލުހުން އެހީތެރިވެއްޖެ

ޅ. ނައިފަރުން ބަލިމީހަކު ގޮވައިގެން ދަތުރުކުރި ލޯންޗެއްގެ އިންޖީނު ހަލާކުވެ، ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ފުލުހުން ބުނީ މިރޭ 19:25 ހާއިރު ހާލު ބޮޑުވި މީހަކު ގޮވައިގެން ޅ. ނައިފަރުން މާލެ ދަ...

09 Dec 2025 | 15:40
N/A

N/A

ޅ. ނައިފަރުން ބަލިމީހަކު ގޮވައިގެން ދަތުރުކުރި ލޯންޗެއްގެ އިންޖީނު ހަލާކުވެ، ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ބުނީ މިރޭ 19:25 ހާއިރު ހާލު ބޮޑުވި މީހަކު ގޮވައިގެން ޅ. ނައިފަރުން މާލެ ދަތުރު ކުރަމުން

ދިޔަ ލޯންޗެއް ކ.ކަގި ކައިރިން އިންޖީނު މައްސަލަ ޖެހުމާއި ގުޅިގެން ފުލުހުންގެ އެހީގައި މާލެ ގެންގޮސްފައިވާ ކަމަށެވެ.

މިފަދަ ހާލަތްތައް ދިމާވާ ފަރާތްތަކަށް ފުލުހުންނާއި ސިފައިން އަބަދުވެސް އެހީތެރިވެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް