ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާ ކުރައްވައިފިއެވެ. އެ ކޯޓުގައި މިވަގުތު ހުންނެވި އެންމެ ދުވަސްވީ ފަނޑިޔާރު ނިޔާޒް ރިޓަޔަރ ކުރެއްވީ މިއަދުން ފެށިގެންނެވެ. މިއަދު އެ ކޯޓުން ބުނެފައިވަނީ ހައ...

09 Dec 2025 | 15:11
N/A

N/A

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާ

ކުރައްވައިފިއެވެ.

އެ ކޯޓުގައި މިވަގުތު ހުންނެވި އެންމެ ދުވަސްވީ

ފަނޑިޔާރު ނިޔާޒް ރިޓަޔަރ ކުރެއްވީ މިއަދުން ފެށިގެންނެވެ.

މިއަދު އެ ކޯޓުން ބުނެފައިވަނީ ހައިކޯޓުގެ ފަނޑިޔާރު

އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު

ވަކިވެވަޑައިގެންފައިވާކަމަށާއި ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް ކޮށްދެއްވާފައިވާ

އަގުހުރި ޚިދުމަތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.

ފަނޑިޔާރު ނިޔާޒް އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް

އައްޔަންކުރެވިގެންދިޔައީ 30 ސެޕްޓެމްބަރު 2002 ވަނަ ދުވަގައެވެ. އޭރު

އައްޔަންކުރެވިގެންދިޔައީ ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށެވެ.

އެއަށްފަހު ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަންވެސް ކުރެއްވިއެވެ.

ހައިކޯޓަށް ފަނޑިޔާރު ނިޔާޒު އައްޔަންކުރެވިގެންދިޔައީ

2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް