ޕޯސްޓު މެދުވެރިކޮށް އެތެރެ ކުރި ފަސް މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ރާއްޖެ އެތެރެ ކުރަން އުޅުނު ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މޯލްޑުވްސް ކަސްޓަމްސް ސާވިސް އިން ބުނީ މިތަކެތި އަތުލައިގަތީ ޕޯސްޓު މެދުވެރިކޮށް ފޮނުވި ޕާރުސަލަކުން ކ...

09 Jul 2026 | 08:36
ކަސްޓަމުން މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތިތަކެއް -- ފޮޓޯ: ކަސްޓަމްސް

ކަސްޓަމުން މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތިތަކެއް -- ފޮޓޯ: ކަސްޓަމްސް

ރާއްޖެ އެތެރެ ކުރަން އުޅުނު ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑުވްސް ކަސްޓަމްސް ސާވިސް އިން ބުނީ މިތަކެތި އަތުލައިގަތީ ޕޯސްޓު މެދުވެރިކޮށް ފޮނުވި ޕާރުސަލަކުން ކަމަށެވެ. އެ މައްސަލައިގަ ޕާރުސަލާއި ގުޅުން ހުރި މީހަކު ހޯދުނު ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

ކަސްޓަމްސް އިން ބުނީ ޕާރުސަލް ބަލާ ފާސްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން އަށް އެ ތަކެތި ޕޮސިޓިވް ވެފައިވާ ކަމަށެވެ.

އެތަކެތީގެ ބަރުދަނުގައި 3.610 ކޮލީ ހުރި އިރު އެ މަސްތުވާތަކެތީގެ މަގުމަތީ އަގު ފަސް މިލިއަނަށްވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން ލަފާ ކުރެ އެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް