ގެއެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓުނު މީހަކު ހަސްފަތާލަށް

މާލޭ މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގެ 10 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި އަނިޔާވެގެން ހަސްފަތާލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާގައި ވެއްޓިފައި ވަނީ ބަންގްލަދޭޝްއަ...

09 Apr 2026 | 15:17
އެމީހާ ވެއްޓުނީ ގެ އެއްގެ ތެރެއަށް - ފޮޓޯ: ވޮއިސް މީޑިއާ

އެމީހާ ވެއްޓުނީ ގެ އެއްގެ ތެރެއަށް - ފޮޓޯ: ވޮއިސް މީޑިއާ

މާލޭ މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގެ 10 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި އަނިޔާވެގެން ހަސްފަތާލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާގައި ވެއްޓިފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ވެއްޓިފައި ވަނީ އެ އިމާރާތުގެ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 18:20 ހާއިރުއެވެ. އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އެމީހާގެ ހާލާއި ހާލަތާއިމެދު އައިޖީއެމް ހޮސްޕިޓަލުގެ ބަހެއް އަދި ލިބިފައެއް ނުވެެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް