އުދަރެސް ބޯޓުން ކަނޑުވި އަފީފްގެ ހާލު ސްޓޭބަލް: ގަމު ރީޖަނަލް ހޮސްޕިޓަލް

ލ. އަތޮޅު ކައިރި ފަރަކަށް އެރި "އުދަރެސް" ބޯޓު އަޑިއަށްދިއުމާ ގުޅިގެން ކަނޑަށް ވެއްޓި ގެއްލިގެން ހޯދަމުންދިޔަ އިސްމާއިލް އަފީފްގެ ހާލު ސްޓޭބަލް ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ. ދުވަހަށް މ...

09 Apr 2026 | 05:53
ގަން ރީޖަނަލް ހޮސްޕިޓަލް -

ގަން ރީޖަނަލް ހޮސްޕިޓަލް -

ލ. އަތޮޅު ކައިރި ފަރަކަށް އެރި "އުދަރެސް" ބޯޓު އަޑިއަށްދިއުމާ ގުޅިގެން ކަނޑަށް ވެއްޓި ގެއްލިގެން ހޯދަމުންދިޔަ އިސްމާއިލް އަފީފްގެ ހާލު ސްޓޭބަލް ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ދުވަހަށް މަޢުލޫމާތު ދެމުން ގަމު ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަބްދުލް ހަންނާން އަބްދުލްރަހީމް ވިދާޅުވީ، އުމުރުން 81 އަހަރުގެ އަފީފަށް މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި ހާލު ސްޓޭބަލް ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، ރޭ ދަންވަރު ހިނގި ހާދިސާގައި ބޯޓު އަޑިއަށްދިއުމާ ގުޅިގެން ކަނޑަށް ވެއްޓި ގެއްލިފައި ހުރި އަފީފް ފެނިފައިވަނީ، މިއަދު ހެނދުނު 10:15 ހާއިރު، ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް، އޮޔާ ދިޔަ ޕެލެޓެއް މަތީގައި އޮއްވައެވެ. ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނީ ކަނޑުގައި ގިނަ ވަގުތު ހޭދަކުރި ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް