ފަރަކަށް އުރި އަޑިއަށްދިޔަ އުދަރެސް ބޯޓު - މިއީ 2020 ވަނަ އަހަރު ކަނޑުމަތީ ހާދިސާއެއްގައި އުދަރެސް ބޯޓުން އެހެން ބޯޓަކަށް އެހީތެރިކަން ފޯރުކޮށްދިން އިރުގެ މަންޒަރެއް - މަންޒަރުން ފެންނަ ދެވަނަ ދޯނި އޭއައިގެ އެހީގައި ވަނީ ފޮހެލެވިފައި (އަސްލު ފޮޓޯ: އާސިފް)
ލ. އަތޮޅު ފަރަކަށް "އުދަރެސް" ބޯޓު އުރި އަޑިއަށް ދިޔަ ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ އިސްމާއިލް އަފީފް ފެނިފައިވަނީ، ލަކުޑި ޕެލެޓެއްގެ އެހީގައި ކަނޑުމަތީގައި އޮއްވާ ކަމަށް "ދުވަސް" މަޢުލޫމާތު ހިއްސާކުރި ފަރާތަކުން ބުނެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ކަނޑުވެފައި އޮތް އަފީފް ފެނުނީ އެ ސަރަހައްދުން ދަތުރުކުރި އެހެން އުޅަނދަކަށެވެ. އޭނާ ފެނުނުއިރު އޮތީ ޕެލެޓެއްގައި ހިފަހައްޓައިގެން ކަމަށްވެއެވެ.
ރޭގެ ދަންވަރު ވަގުތެއްގައި ސިކްސެންސެސް ލާމު ރިސޯޓް ކައިރި ފަރަށް މި ބޯޓު އެރި ވަގުތު، އޭގައި ތިބި 12 މީހުން ވަނީ ވަގުތުން ސަލާމަތްކޮށްފައެވެ. ނަމަވެސް އަފީފް ވަނީ އެ ވަގުތު ގެއްލިފައެވެ.
ފެނުނު މީހާ މިހާރު ވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް