ފަރަކަށް އުރި އަޑިއަށްދިޔަ އުދަރެސް ބޯޓު - މިއީ 2020 ވަނަ އަހަރު ކަނޑުމަތީ ހާދިސާއެއްގައި އުދަރެސް ބޯޓުން އެހެން ބޯޓަކަށް އެހީތެރިކަން ފޯރުކޮށްދިން އިރުގެ މަންޒަރެއް - މަންޒަރުން ފެންނަ ދެވަނަ ދޯނި އޭއައިގެ އެހީގައި ވަނީ ފޮހެލެވިފައި (އަސްލު ފޮޓޯ: އާސިފް)
ލ. އަތޮޅު ސިކްސެންސެސް ލާމު ރިސޯޓް ކައިރި ފަރަކަށް އެރި "އުދަރެސް" ބޯޓު އަޑިއަށްދިއުުމާ ގުޅިގެން ގެއްލިގެން ހޯދަމުންދިޔަ ދިވެހި ފިރިހެނާ، އިސްމާއިލް އަފީފް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ނަމަވެސް އޭނާގެ ހާލު ހުރި ގޮތެއް އަދި ސާފެއް ނޫނެވެ.
ރޭ ދަންވަރު 01:21 ހާއިރު ހިނގި މި ހާދިސާ ހިނގިއިރު ބޯޓުުގައި ތިބި 13 މީހުންގެ ތެރެއިން 12 މީހުން ވަނީ ސަލާމަތްކޮށްފައެވެ. ގެއްލިގެން ހޯދަމުންދިޔައީ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެކެވެ.
ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އެއީ ކޮލަމާފުއްޓަށް ނިސްބަތްވާ މީހެކެވެ. އެއީ ުމުރުން ދުވަސްވީ މީހެއް ކަމަށް ކުރިން އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އަފީފް ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް