ަމަންޒަރު ސިފަކޮށްދިިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
ތ. ތިމަރަފުށިން ހައްޔަރުކޮށް ޓެރަރިޒަމާ ގުޅޭ ދަޢުވާތަކެއް ކޮށްފައިވާ އަށް މީހެއްގެ ޝަރީޢަތުގެ ހުރިހާ އަޑުއެހުންތަކެއް ނިންމާލައި، ދެ ފަރާތުން ވެސް ފަހު ބަސް ހަމަކޮށްފި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ދަޢުވާ ލިބިފައިވަނީ ތ. ތިމަރަފުށީ ކެނެރީގެ ޢަލީ މުނީޒާއި، ތ. ތިމަރަފުށީ އަސުރުމާގެ މުޙައްމަދު އާޞިރާއި، ތ. ތިމަރަފުށީ ފެހިވިދުވަރުގެ އަބްދުﷲ ޝަރީފާއި، ތ. ތިމަރަފުށީ އަސްރަފީވިލާ އަޙްސަން މުޙައްމަދާއި، ތ. ތިމަރަފުށީ ސައިމާ ޝަމާޚު ޝަރީފާއި، ރ. މަޑުއްވަރީ ބީޗްހައުސް ޢަބްދުﷲ ޢިމާދާއި، ނ. ކުޑަފަރީ ރޯޒްމީޑު ޢިބްރާހިމް ލޫޠާއި، ރ. ކަނދޮޅުދޫ ޢަލީ އަރުހަމް މުޙައްމަދަށެވެ.
މި ފަރާތްތަކަށް ކޮށްފައިވާ ދަޢުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމާއި، ޓެރަރިޒަމަށް ހިތްވަރު ދިނުމާއި، ޓެރަރިސްޓު ޖަމާޢަތަކަށް ތާއީދުކުރާ ލިޔުން ގެންގުޅުމާއި، ހަނގުރާމައަށް ދާން އުޅުމާއި، ޓެރަރިޒަމްގެ ޢަމަލަކަށް ބޭނުންވާ އުކުޅުތައް ދަސްކުރުމާއި، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުން ހިމެނެއެވެ.
ތުހުމަތު ލިބިފައިވާ ފަރާތްތަކުން ތ. ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި، "އިސްލާމިކް ސްޓޭޓް" ޖަމާޢަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދިޔަ ކަމަށް ބަންދު އަމުރުން ކުރިން ވަނީ ހާމަވެފައެވެ. ދިވެހިރާއްޖޭގެ ސަރަހައްދެއްގައި ގޮއްވާލުމަށް ތައްޔާރުކުރި ބޮމެއްގެ (އައިއީޑީ) ތަފްސީލު ހިމެނޭ ގޮތަށް، ފަޅުރަށްރަށުގައި ތަމްރީނު ހެދި ކަމާއި، ހަރުކަށި ފިކުރާ ގުޅުންހުރި ފަރާތްތަކަށް ފައިސާ ފޯރުކޮށްދިން ކަމަށްވެސް ތުހުމަތު ލިބިފައިވެއެވެ.
މި ދަޢުވާ ކޯޓަށް ހުށަހެޅީ 2021 ވަނަ އަހަރުގެ ފެބްރުވަރީ 8 ވަނަ ދުވަހުއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޚުލާޞާ ބަޔާން ހުށަހެޅި ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭ ހުކުމް ކުރަން ލާޒިމުވާތީ، 8 މޭ 2026 ގެ ކުރިން ކޯޓުން ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް