އުދަރެސް ބޯޓު ފަރަކަށް އުރި އަޑިއަށް - ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރިއަށް

ލ. އޮޅުވެލި ކައިރި ފަރަކަށް އުރި އަޑިއަށްދިޔަ ބޯޓެއްގައި ދަތުރުކުރި ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނި ގޮތުގައި، މާލެއިން ގއ. ވިލިނގިއްޔަށް ...

08 Apr 2026 | 23:26
ފަރަކަށް އުރި އަޑިއަށްދިޔަ އުދަރެސް ބޯޓު - މިއީ 2020 ވަނަ އަހަރު ކަނޑުމަތީ ހާދިސާއެއްގައި އުދަރެސް ބޯޓުން އެހެން ބޯޓަކަށް އެހީތެރިކަން ފޯރުކޮށްދިން އިރުގެ މަންޒަރެއް - މަންޒަރުން ފެންނަ ދެވަނަ ދޯނި އޭއައިގެ އެހީގައި ވަނީ ފޮހެލެވިފައި (އަސްލު ފޮޓޯ: އާސިފް)

ފަރަކަށް އުރި އަޑިއަށްދިޔަ އުދަރެސް ބޯޓު - މިއީ 2020 ވަނަ އަހަރު ކަނޑުމަތީ ހާދިސާއެއްގައި އުދަރެސް ބޯޓުން އެހެން ބޯޓަކަށް އެހީތެރިކަން ފޯރުކޮށްދިން އިރުގެ މަންޒަރެއް - މަންޒަރުން ފެންނަ ދެވަނަ ދޯނި އޭއައިގެ އެހީގައި ވަނީ ފޮހެލެވިފައި (އަސްލު ފޮޓޯ: އާސިފް)

ލ. އޮޅުވެލި ކައިރި ފަރަކަށް އުރި އަޑިއަށްދިޔަ ބޯޓެއްގައި ދަތުރުކުރި ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި، މާލެއިން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު ލ. އޮޅުވެލި ކައިރި ފަރަކަށް އަރައި، ރޭ ދަންވަރު 01:25 ހާއިރު އަޑިއަށްދިޔައެވެ. ހާދިސާ ހިނގިއިރު ބޯޓުގައި ތިބީ ޖުމްލަ 13 މީހުންނެވެ.

ސަލާމަތްވި 12 މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެއްސަކާއި 10 ބިދޭސީންނެވެ. އެ އެންމެންގެ ހާލު ރަނގަޅެވެ. ބިދޭސީ ފަރާތެއް ފަތާ ލ. އޮޅުވެއްޔަށް ގޮސްފައިވާއިރު، ދެ ދިވެހިންނާއި ނުވަ ބިދޭސީން ނަގާފައިވަނީ ކައިރި ރިސޯޓެއްގެ ދޯންޏަކަށެވެ.

ބޯޓު އަޑިއަށްދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާ ލ. އޮޅުވެލީގެ ހުޅަނގު ސަރަހައްދަށް އޮހެމުންދާތީ، ދިވެހި ފުލުހުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

ފޮލޯމީ އެޕަށް ރެކޯޑު ކުރެވިފައިވާ، އުދަރެސް ބޯޓުގެ އެންމެ ފަހުގެ ލޮކޭޝަން

ފޮލޯމީ އެޕަށް ރެކޯޑުކުރެވިފައިވާ، އުދަރެސް ބޯޓުގެ އެންމެ ފަހުގެ ލޮކޭޝަނާއި ވަގުތަށް ބަލާއިރު އެންމެ ފަހުގެ ލޮކޭޝަން ރެކޯޑު ކުރެވިފައިވަނީ ދަންވަރު 12:43 ހާއިރުކަން ފާހަގަކޮށްލެވެއެވެ. އެ ސަރަހައްދުގައި އެ ވާ ރަށްތަކަކީ ލ. މާމެންދުއާއި މޭމެންދޫގެ އިހުތިސޯސްގައި އޮންނަ ފަޅު ރަށެއް ކަމުގައިވާ ހުޅިމެންދުއާއި ސިކްސް ސެންސް ލާމު ރިސޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް